ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް އިންޒާރުދީފި

ފުލެޓުތައް ކައިރީ ޓެކްސީތަކެއް: ގަވައިދާ ޚިލާފަށް ފުލެޓު ކުއްޔަށް ދޫކުރި މައްސަލައިގައި އެކަކު ވަނީ ޖޫރިމަނާކޮށްފައި -- ފޮޓޯ: ސަން

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިއުމުން އިންޒާރު ދީފިއެވެ.

އެފްޑީސީން 'ސަން'އަށް މިއަދު ބުނީ، އެ ކޯޕަރޭޝަންގެ ހައުސިން ފުލެޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލާ ޚިލާފަށް ކުއްޔަށް ދޫކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަތަކާ ގުޅިގެން، މިދިޔަ މެއި މަހު އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރުދީފައިވާ ކަމަށް، އެފްޑީސީން ބުންޏެވެ. އަދި އެފަދަ އިތުރު ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށްވެސް، އެ ކޯޕަރޭޝަނުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، އެފްޑީސީން މީގެ ކުރިން ވަނީ، ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި މީހަކު ބައިލައްކަ ރުފިޔާއިން މިދިޔަ ފެބްރުވަރީ މަހު ޖޫރިމަނާކޮށް، އެ ފުލެޓުން ބިދޭސީން ނެރެފައެވެ.

https://sun.mv/217827

މީގެ އިތުރުން، އިތުރުން، ފަހި ޓަވަރަށް ކުނި އެޅި މައްސަލައިގައި ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

ބޯހިޔާވަހިކަމެއް ނެތް ކަމަށް ބުނެ ހޯދާފައިވާ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން ފަހި ފުލެޓުތައް ހަވާލުކޮށް ނުނިމެނީސް ވެސް، ވަރަށް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވިއެވެ.

އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ އެ މައްސަލައާ ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވަނީ ސޯޝަލް ސްކީމްތަކުން ދޭ ފުލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/218703

މުއްޠަލިބު ވިދާޅުވި ވާހަކައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ފަރާތުން މި ގާނޫނު ހުށަހަޅާނެ ތާރީޚެއް ހޯދުމަށްޓަކައި ބަންޑާރަނައިބު އަޙްމަދު އުޝާމަށް ތަކުރާރުކޮށް ގުޅި ނަމަވެސް، ފޯނު ބިޒީކުރައްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި ހިޔާ ފްލެޓްތައް ކުއްޔަށް ދިނުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. ކުއްޔަށް ދިނުމުގެ އިތުރުން މަހު ކުލި ނުދެއްކުމުގެ މައްސަލަ ވެސް ހިޔާ ފްލެޓްތަކުގައި ވަރަށް އާއްމެވެ.

އެ މައްސަލައިގައި އިތުރަށް ފާޑުކިޔުން އަމާޒުވަނީ، ސޯޝަލް ހައުސިން ފުލެޓުތަކަށް ކޮންމެ ސަރުކާރެއްގައި ވެސް ދެމުންދާ ލުއިތަކުގެ ސަބަބުންނެވެ. އެގޮތުން ކުލި ދަށްކުރަމުން ދިޔަ ނަމަވެސް، ފުލެޓުތަކުގެ ވެރިން ބޮޑު އަގުގައި އެ ފުލެޓުތައް އަލުން ކުއްޔަށް ދިނުން ނުހުއްޓުވެއެވެ.

ސޯޝަލް ހައުސިންގ ފުލެޓުތައް އުސޫލާ ޚިލާފަށް ކުއްޔަށް ދޫކުރާކަން ފާހަގަކުރެވި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް ލިޔުމުން އިންޒާރުދީފައެވެ. މިގޮތުން މެއި މަހު އެޅި ފިޔަވަޅުތަކުގެ އިތުރުން، އެފަދަ އިތުރު ދެ މައްސަލައެއް އެ ކޯޕަރޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. މީގެ ކުރިންވެސް ލޭބަރ ކުއާޓަރެއްގެ ގޮތުގައި ބިދޭސީންނަށް ކުއްޔަށްދިން ފަރާތެއް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ފަހި ޓަވަރަށް ކުނި އެޅި މައްސަލައިގައިވެސް ދެ މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭ މަގުސަދާ ޚިލާފަށް، ބޮޑު އަގުގައި ފުލެޓުތައް ކުއްޔަށް ދިނުމުގެ މައްސަލައަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. ރައްޔިތުންގެ ފާޑުކިޔުންތަކާ ގުޅިގެން، ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވަނީ، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް މިކަން ހުއްޓުވާނެކަމަށް ވިދާޅުވެފައެވެ. ހިޔާ ފުލެޓުތަކުގައިވެސް ކުއްޔަށް ދިނުމާއި ކުލި ނުދެއްކުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ސަރުކާރުން ދޭ ލުއިތަކުގެ ނާޖާއިޒު ފައިދާ ފުލެޓުތަކުގެ ވެރިން ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

  • ފުލެޓުތައް ކުއްޔަށްދިން މައްސަލައިގައި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިޔުމުން އިންޒާރު ދިނުން.
  • ގަވާއިދާ ޚިލާފަށް ކުއްޔަށްދޭ އިތުރު ދެ މައްސަލައެއް އެފްޑީސީން މިހާރު ވެސް ތަހުގީގުކުރަމުން ދިއުން.
  • މީގެ ކުރިން ބިދޭސީންނަށް ކުއްޔަށްދިން ފަރާތެއް ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާކުރުން.
  • ގާނޫނު އިސްލާހުކޮށްގެން ސޯޝަލް ހައުސިންގ އެހެން ފަރާތްތަކަށް ކުއްޔަށް ދިނުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރުން.
  • ފުލެޓުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އެފްޑީސީން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށުން.
  • ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މިނިސްޓްރީން ނިންމުން.
  • ސަރުކާރުން ދޭ ލުއިތަކާއެކުވެސް ފުލެޓުތަކުގެ ވެރިން އާންމުންނަށް ބޮޑު އަގުގައި ކުއްޔަށްދޭކަން ފާހަގަވުން.
comment ކޮމެންޓް