ފިލްމު ؛ކޮކްޓެއިލް 2'ގެ ޓްރެއިލާ ދައްކާލައިފި

މި އަހަރު ރިލީޒްކުރާނެ އިރަކަށް ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ކޮކްޓެއިލް 2"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

ޑައިރެކްޓަރު ހޯމީ އަދަޖާނިއާ އުފައްދާފައިވާ "ކޮކްޓެއިލް 2" އަކީ 2012 ވަނަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ތިނެސްކަން ލޯބީގެ ފިލްމު "ކޮކްޓެއިލް"ގެ ދެވަނަ ބައެވެ.

ނަމަވެސް އާ ފިލްމު ގެނެސްދެނީ މުޅިން އާ ކާސްޓަކާ އެކު ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމަށް ހޯމީ ވަނީ ބުނެފައެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދެމުން އަންނަ މެޑޮކް ފިލްމްސްއިން އުފައްދާ 'ކޮކްޓެއިލް 2'ގެ ލީޑް ތަރިންނަކީ ކްރިތީ ސެނަން އާއި ޝާހިދު ކަޕޫރްގެ އިތުރުން ރަޝްމިކާ މަންދަނާއެވެ.

މި ފިލްމުގެ ބޮޑު ބައެއް އިޓަލީގައި ޝޫޓްކޮށްފައިވާއިރު މިއީ ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ލަވް ރަންޖަން އަދި ތަރޫން ޖެއިންގެ ސްކްރޯންޕްލޭއަކަށް އުފައްދާފައިވާ ފިލްމެކެވެ.

ކުޅަދާނަ ފިލްމު ޑައިރެކްޓަރު އިމްތިއާޒު އަލީ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް "ކޮކްޓެއިލް 2" ސިނަމާތަކަށް ގެންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

މި ފިލްމުގެ ޕޯސްޓަރު ތަކާއި، ޓީޒާ އަދި ލަވަތައް ރިލީޒްކުރުމާ އެކު ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ފިލްމުގެ މިއުޒިކަށް ވަނީ ލިބިފައެވެ.

މީގެ 14 އަހަރު ކުރިން ހޯމީ އަދަޖާނިއާ އުފެއްދި "ކޮކްޓެއިލް"ގެ ލީޑް ރޯލްތަކުން ފެނިފައި ވަނީ ސައިފް އަލީ ޚާން، ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީއެވެ.

comment ކޮމެންޓް