ލޯންޗް އެކްސިޑެންޓްވީ ދޯންޏެއްގައި ޖެހިގެން، ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ބަލަނީ

އެކްސިޑެންޓްވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި: މި ހާދިސާގައި ދެ މީހަކަށް އަނިޔާވި-- ފޮޓޯ: އެމްއެންޑީއެފް

ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗް މިއަދު އެކްސިޑެންޓް ވެފައިވަނީ ސަޕްލައި ދޯންޏެއްގައި ޖެހިގެން ކަމަށާއި އެކްސިޑެންޓަށް ފަހު ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ކ. ގަލުފަޅު ކައިރިން ދަތުރު ކުރި އުޅަނދެއް އެކްސިޑެންޓް ވެފައި ވަނީ މިއަދު ހެނދުނު 06:19 އެހާކަންއިރެވެ.

ފުލުހުން ބުނިގޮތުގައި އެކްސިޑެންޓް ހިނގިއިރު އެ އުޅަނދުގައި ދެ މީހަކު ތިއްބެވެ. މި ހާދިސާގައި އަނިޔާވި، ލޯންޗްގެ ކެޕްޓަން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި ފަޅުވެރިއެއް ކަމަށްވާ ބަނގްލަދޭޝް ފިރިހެނަކު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މި ހާދިސާގެ ތަހުގީގުން ކުރި މަސައްކަތުން، ލޯންޗު ޖެހުނު އުޅަނދު މިހާރު ވަނީ ދެނެގަނެވިފައި ކަމަށެވެ. ލޯންޗު ޖެހިފައިވަނީ ސަޕްލައި ދޯންޏެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސިޑެންޓަށްފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން," އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ހާލަތު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.

ކ. ގަލުފަޅު ކައިރިން މިއަދު ހެނދުނު "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗަކާއި ސަޕްލައި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މި ހާދިސާގައި ލޯންޗުގައި ތިބި އުމުރުން ތިރީސް އަށް އަހަރުގެ ދިވެހި ކެޕްޓަނަށާއި ބަނގްލަދޭޝްގެ ފަޅުވެރިއަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ. ނަމަވެސް އެމީހުންގެ ހާލު މިހާރު ރަނގަޅުކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. މި އެކްސިޑެންޓަށްފަހު ސަޕްލައި ދޯނި މަޑުނުކޮށް ގޮސްފައިވާތީ، ފުލުހުން ކުރި ތަހުގީގުން މިހާރު ވަނީ އެ އުޅަނދު ހޯދައި ދެނެގަނެފައެވެ. އަދި އެކްސިޑެންޓަށްފަހު ފިލި މައްސަލަ ވަކިން ތަހުގީގުކުރަމުންދާ ކަމަށާއި، މިކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

  • މިއަދު ހެނދުނު ކ. ގަލުފަޅު ކައިރިން އެކްސިޑެންޓްވީ ލޯންޗަކާއި ސަޕްލައި ދޯންޏެއް ޖެހިގެންނެވެ.
  • ހާދިސާގައި އަނިޔާވި ލޯންޗުގެ ކެޕްޓަނާއި ބިދޭސީ ފަޅުވެރިޔާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ހާލު މިހާރު ރަނގަޅެވެ.
  • އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ ސަޕްލައި ދޯނި ފުލުހުންގެ ތަހުގީގަށް މިހާރު ވަނީ ހޯދިފައެވެ.
  • ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ފުލުހުން އަންނަނީ ވަކި ހާއްސަ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
comment ކޮމެންޓް