ސްޓެލްކޯ ބަލިކޮށް ކޮންރެޑަށް ފުރަތަމަ މޮޅު، ކޯރާކޯރާ އެއްވަނައަށް

ކިންގްސް ކަޕުގައި ރޭ ކޮންރެޑު ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ: ފޮޓޯ މާސްޓާ

އީދު ބަންދަށް މެދުކަނޑާލުމަށްފަހު އަލުން ފެށި ކިންގްސް ކަޕް ފުޓްސަލް މުބާރާތުގައި ރޭ ސްޓެލްކޯ ރިކްރިއޭޝަން ކްލަބްގެ މައްޗަށް ކޮންރެޑް މޯލްޑިވްސްއިން ކުރިހޯދުމާއެކު، ގްރޫޕް ސީގެ ފޯރިގަދަވެއްޖެއެވެ.

މިދިޔަ އަހަރުގެ ރިސޯޓް ލީގުގެ ޗެމްޕިއަންކަން ހޯދި ކޮންރެޑުން ސްޓެލްކޯއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު ސްޓެލްކޯ އޮތީ ފުރަތަމަ މެޗުގައި ކްލަބް ބިނާރާ އަތުން 1-4 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައެވެ. އަނެއްކޮޅުން ކޮންރެޑް ވަނީ ފުރަތަމަ މެޗުގައި ކޯރާކޯރާ މޯލްޑިވްސް އަތުން 1-2 އިން ބަލިވެފައެވެ.

ރޭގެ މެޗުގެ 7 ވަނަ މިނެޓުގައި ކޮންރެޑަށް ލީޑު ނަގައިދިނީ ޝަނާއު ނަސީރެވެ. ފުރަތަމަ ހާފު ކޮންރެޑް ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައިގެން 5 ވަނަ މިނެޓުގައި ސްޓެލްކޯގެ މުހައްމަދު ނަޒާމު ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ނަމަވެސް، ސްޓެލްކޯއަށް މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލެވޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ފެނުނީ ކޮންރެޑްގެ ޝަނާއު އިތުރު ލަނޑެއް ޖަހައި، މުބާރާތުގައި އެޓީމަށް ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ތަނެވެ.

ކިންގްސް ކަޕުގައި ރޭ ކޯރާ ކޯރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ކޯރާކޯރާއިން ވަނީ 0-1 އިން ކްލަބް ބިނާރާ ބަލިކޮށްފައެވެ. މިއަހަރުގެ ރާބަދި ޗެލެންޖުގެ ތަށި އުފުލާލި ކޯރާކޯރާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ، ދެވަނަ ހާފު ފެށުނުތަނާހެން ބިނާރާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މުބާރާތުގައި ކޯރާކޯރާއިން ހޯދި ޖެހިޖެހިގެން ދެވަނަ މޮޅެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް ސީގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ކޯރާކޯރާއެވެ. ދެވަނައިގައި އޮތް ސްޓެލްކޯއާއި ތިންވަނައިގައި އޮތް ކޮންރެޑަށްވެސް 3 ޕޮއިންޓް ލިބިފައިވާއިރު، ސްޓެލްކޯއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މި ގްރޫޕްގެ ފަހު މެޗުތައް އޮންނާނީ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ރޭ 10:00 ގައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމުގެ އިތުރުން، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށެވެ.

ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ގްރޫޕް ސީގައި ކޮންރެޑް މޯލްޑިވްސްއިން ވަނީ ސްޓެލްކޯ ރިކްރިއޭޝަން ކްލަބްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗު ކާމިޔާބުކުރުމާއެކު ގްރޫޕްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޯރާކޯރާ މޯލްޑިވްސްއިން ކްލަބް ބިނާރާ ބަލިކުރުމަށްފަހު ތާވަލްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައިވާއިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ހޯދުމަށް ޓީމުތަކުން ކުރާ މަސައްކަތް ވަނީ ވަރުގަދަވެފައެވެ. ކުރިއަށް އޮތް މެޗުތަކަކީ މުބާރާތުގައި ކުރިއަށްދާނެ ޓީމުތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ މެޗުތަކެކެވެ. ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުކުރުމަށް ޓީމުތަކުން މިހާރު ތައްޔާރުވަމުންދާއިރު، ގްރޫޕްގެ ފަހު މެޗުތަކަށް ސަމާލުކަން ވަނީ ހުއްޓިފައެވެ.

  • ކޮންރެޑް މޯލްޑިވްސްއިން ސްޓެލްކޯ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
  • ކޯރާކޯރާއިން ކްލަބް ބިނާރާގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.
  • ގްރޫޕް ސީގެ އެއްވަނައިގައި 6 ޕޮއިންޓާއެކު މިވަގުތު އޮތީ ކޯރާކޯރާއެވެ. ސްޓެލްކޯއާއި ކޮންރެޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.
  • މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 2 ޓީމަށާއި، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު 2 ޓީމަށެވެ.
  • ސްޓެލްކޯއިން ފުރަތަމަ މެޗު ކާމިޔާބުކުރި ނަމަވެސް، ދެވަނަ މެޗުގައި ކޮންރެޑް އަތުން ބަލިވުމުން ގްރޫޕްގެ ނަތީޖާތަކަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ.
  • ކޯރާކޯރާއިން ޖެހިޖެހިގެން ދެ މެޗު ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުރީގައި އޮތުމަކީ އެޓީމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
  • ޖޫން 5 ވަނަ ދުވަހު ކުޅޭ ފަހު މެޗުތަކަކީ ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ޓީމުތައް ޔަގީންކުރުމަށް ނިންމާލާނެ އެންމެ ފަހުގެ މެޗުތަކެވެ.
comment ކޮމެންޓް