ސިނގިރޭޓް އަގުގެ ކަންތަކުގައި ޔޫ ޓާނެއް ނުނަގަން, ގެންނާނީ ގެންނަން ޖެހޭ ބަދަލު: ރައީސް

ރައީސް މުއިއްޒާއީ އިހުސާން: ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ ބަދަލު ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ދުންފަތުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ލަފާ ދީފައިވާ ކަމަށެވެ.

https://sun.mv/222688

އެކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ދުންފަތުން ނަގާ ޑިއުޓީއާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"އެއް ގޮތަކަށްވެސް އަޅުގަނޑުމެން ޔޫ ޓާނެއް ނެގީކީއެއްވެސްނޫން، އެއް ގޮތަކަށްވެސް ޔޫ ޓާނެއް ނޫން، އަދި އަޅުގަނޑުމެންގެ ސިޔާސަތަށް ބަދަލެއްވެސް ނާދޭ،" ރައީސް ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި ވެސް ޖެނެރޭޝަނަލް ބޭން އެއް އެންމެ ފުރަތަމަ ގެނައީ ރާއްޖޭން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ޕްރިވެންޓިވް ހެލްތު ކެއާގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްޔިތުން ދުރުކުރުމަށްޓަކައި ފިޔަވަޅު އަޅަނީ އޭގެ ތެރެއިން ކަމަށް، ރައީސް ވިދާޅުވިއެވެ.

މީހަކު ސިނގިރޭޓެއް ބޮނީ: ޑިއުޓީ ބޮޑުކުރުމުން، ސިނގިރޭޓުގެ އަގު ވަރަށް ބޮޑު އުފުލުނު -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރައީސް ވިދާޅުވީ، އެކަން ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއާއި އެހެނިހެން ޖަމިއްޔާތަކާއެކީ ފަންނީ ލެވެލްގައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ދުންފަތާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހަރުދަނާކުރުމަށްޓަކައި ދުންފަތުން ނަގާ ޑިއުޓީ ބަދަލުކުރުމާ ގުޅޭ ގޮތުން ފަންނީ މަޝްވަރާ މިހާރުވެސް ކުރިއަށްދާ ކަމަށް، ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ މަޝްވަރާތައް ޑިޕެންޑުވަނީ ފަންނީ އެކްސްޕާޓުންގެ ލަފަޔަށް، އަދި މިކަމާ ގުޅޭ އިންޓަނޭޝަނަލް އޯގަނައިޒޭޝަންތައް، އެއީ ޑަބްލިއުއެޗްއޯ ފަދަ، ޚާއްސަކޮށް، އަދި ޑަބްލިއުޓީއޯ ފަދަ، އެހެންވީމާ މި ފަރާތްތަކުގެ ރެކޮމެންޑޭޝަންތަކާއި އެ ބޭފުޅުން ހައްދަވައިފައިވާ ދިރާސާތަކާއި މި ކަންކަމަށް މި ބަލަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާ މެދު ގޮތް ނިންމާނީ އޭގެ ފަހުންނެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، ގޮތް ނިންމާއިރު ނިންމާނީ ޑަބްލިއުއެޗްއޯ ފަދަ ތަންތަނުން ލިބިފައިހުރި ލަފަޔާއި މައުލޫމާތަށް ރިއާޔަތްކުރުމަށް ފަހެވެ.

https://sun.mv/222707

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްސާން ވެސް ވަނީ، ދުންފަތުން ނަގާ ޑިއުޓީ ރޭޓަށް ބަދަލު ގެންނައިރު، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކާއި ފަންނީ މާހިރުން ދޭ ލަފައާއި އިރުޝާދަށް ސަރުކާރުން ވަރަށް ބޮޑަށް ބަލާނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.

އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާ ދެކޮޅަށް ވާހަކަދެއްކި ބައެއް ފަރާތްތަކުން ވެސް، އޭގެ ސަބަބުން އިމްޕޯޓް ޑިއުޓީ ލިބުން ދަށްވެ، އާމްދަނީއަށް ވެސް އޭގެ އަސަރު ކުރި ކަމަށް ބުނެފައެވެ. ނަމަވެސް މަދުވި ފައިސާއަށްވުރެ، ސިއްހީ ފައިދާ ބޮޑު ކަމަށް ބުނެ ސަރުކާރުން އެ ފިޔަވަޅު ދިފާއުކޮށްފައިވެއެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއާ ގުޅޭގޮތުން ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށާއި، މި ކަމުގައި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ހޯމް މިނިސްޓަރު ޢަލީ އިޙްސާން ކުރިން ވިދާޅުވެފައިވަނީ، ޑިއުޓީ 3.50 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާ އެއްގޮތަށް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވިސްނަވާކަމަށެވެ. ނަމަވެސް ރައީސް ވަނީ ސިޔާސަތަށް ބަދަލެއް ނާންނާނެކަން ސާފުކޮށްދެއްވާފައެވެ. ރާއްޖެއަކީ މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ޖެނެރޭޝަނަލް ބޭންއެއް ތައާރަފުކުރި ގައުމުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ބަލިތަކުން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒުކޮށް ރައްޔިތުންގެ ސިއްހަތު ހިމާޔަތްކުރުން ކަމަށެވެ. އަދި ދުންފަތުގެ ޑިއުޓީއަށް ގެންނަންޖެހޭ ކޮންމެ ބަދަލެއްވެސް ކުރިމަގުގައި ގެންނާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ޑަބްލިއުޓީއޯ ފަދަ ބައިނަލްއަގުވާމީ ފަންނީ އިދާރާތަކުގެ ލަފަޔާއި، އެ ބޭފުޅުންގެ ދިރާސާތަކަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް އެ މަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ނޮވެންބަރު 2024 އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 110 ރުފިޔާއިން 250 ރުފިޔާއަށް އުފުލިފައެވެ. މީގެ ސަބަބުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. ނަމަވެސް މިއާއެކު އަމިއްލައަށް ސިނގިރޭޓު އޮޅައިގެން ބޯން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި، ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް އަސަރުކުރި ނަމަވެސް، ލިބޭ މާލީ ގެއްލުމަށްވުރެ ރައްޔިތުންނަށް ލިބޭ ސިއްހީ ފައިދާ މާ ބޮޑުކަމަށް ސަރުކާރުން ދެކެއެވެ.

  • ދުންފަތުގެ ޑިއުޓީއާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު އެއްވެސް ގޮތަކަށް ބަދަލުނުކުރާނެކަން ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
  • ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްޔިތުން ދުރުކޮށް، ސިއްހަތު ރައްކާތެރިކުރުމެވެ.
  • ޑިއުޓީއަށް އިތުރު ބަދަލެއް ގެންނާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ ބައިނަލްއަގުވާމީ ފަންނީ މާހިރުންގެ އިރުޝާދާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށެވެ.
  • ފާއިތުވި ނޮވެންބަރު މަހުން ފެށިގެން ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގު އުފުލި، އާންމު ވިޔަފާރި ވަނީ ދަށްވެފައެވެ.
  • ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވި ނަމަވެސް، ސަރުކާރުން އިސްކަންދެނީ އެކަމުން ލިބޭ ދިގުމުއްދަތުގެ ސިއްހީ މަންފާއަށެވެ.
comment ކޮމެންޓް