އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ އުސޫލުތަކަށް ތަބާވާން ޝަހީމް ހަނދާންކޮށްދެއްވައިފި

މިނިސްޓަރު ޝަހީމް: އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ އުސޫލުތަކަށް ތަބާވާން ޝަހީމް ވަނީ ހަނދާންކޮށްދެއްވައިފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އަޟްޙާ ޢީދުގެ އުފާ ފާޅުކުރަމުންދާއިރު އިސްލާމީ ރިވެރި އަޚްލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވުމަށް އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ހަނދާންކޮށްދެއްވައިފިއެވެ.

އިއްޔެ ޢީދު ފާހަގަކުރަން ފަށައިފައިވާއިރު، އެކި ރަށްރަށުގައި އަންނަނީ ފޯރިގަދަ ގިނަ ހަރަކާތްތައް ބާއްވަމުންނެވެ.

ޝަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ. މި ޢީދު ފާހަގަކުރަނީ، ޙައްޖުގެ އަޅުކަމާ ގުޅިގެން އަދި ޙައްޖުގެ އަޅުކަން މުޅިން ނުނިމެނީސްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާ ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓައި، އިސްލާމީ އަޚުލާގާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ ކަމަށް މިނިސްޓްރު ވަނީ ހަނދާންކޮށްދެއްވައިފައެވެ.

މިނިސްޓަރު ޝަހީމްގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާ ފާޅުކުރާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް މީގެ ކުރިން އިލްތިމާސްކުރައްވާފައެވެ.

ޢީދުގެ ތަހުނިޔާ ވިދާޅުވެ ރައީސް ފޮނުއްވެވި މެސެޖުގައި ވަނީ އަޟްޙާ ޢީދަކީ މާތްﷲ ވަރަށް މުހިއްމު އިބްރަތްތަކެއް އަދި ހިކުމަތްތަކެއް އެކަމުގައި ލައްވައިފައިވާ ޢީދެއް ކަމަށާއި އެއީ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް ވިދާޅުވެފައެވެ.

https://sun.mv/222551

އެހެންކަމުން އީދުގެ ސަބަބުން އުފެދިގެންދާ ގުޅުމަކީ ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އިއްޔެ އިއްވި ޢީދު ޚުތުބާގައި ވެެސް ވަނީ ޢީދު ހަރަކާތްތައް އިންތިޒާމުކުރާއިރު ދެ ޖިންސު މަސްހުނިނުވާހެން އަދި ދީނާ ފުށުނާރާހެން އިންތިޒާމުކުރުމަކީ ވާޖިބެއް ކަމަށް ހަނދާންކޮށްދީފައެވެ.

އީދު ދުވަސްތަކަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅުމަށް އޮތް ދުވަސްތަކެއް ނަމަވެސް، މި އުފާފާޅުކުރުންތައް އޮންނަންވާނީ ދީނީ އިމުގެ ތެރޭގައިކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ، އަޟްޙާ ޢީދަކީ މާތް الله މުސްލިމުންނަށް ދެއްވި މަތިވެރި ނިއުމަތެއްކަން ފާހަގަކުރައްވައި، ޢީދުގެ އުފާފާޅުކުރުންތައް ދީނީ އިމުގެ ތެރޭގައި ބޭއްވުމަށް އިރުޝާދުދެއްވާފައެވެ. މިގޮތުން، ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާ މި ދުވަސްވަރުގައި ރަށްރަށުގައި ކުރިއަށްގެންދާ ފޯރިގަދަ ކުޅިވަރުތައް ބާއްވަންވާނީ އިސްލާމީ ސަގާފަތާ ޚިލާފުނުވާ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ދިވެހީންގެ ރީތި ސަގާފަތާ ބީރައްޓެހި ކަންކަމުން ދުރުހެލިވެ، އަމާންކަމާއި ސުލްހަވެރިކަން ކުރިއެރުވުމަށް ބާރުއަޅުއްވާފައެވެ. ޢީދުގެ ސަބަބުން އުފެދޭ ގުޅުމަކީ ގައުމުގެ ހަމަޖެހުމަށް ލިބޭ ބާރެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިސްލާމީ މިންގަނޑުތައް ހިފަހައްޓައި، ދެޖިންސު މަސްހުނިނުވާނެހެން ހަރަކާތްތައް އިންތިޒާމުކުރުމަށް ޢީދު ޚުތުބާގައިވެސް ވަނީ ނަސޭހަތްތެރިވެފައެވެ. ޢީދު ދުވަސްތަކަކީ ކައިބޮއި އުފާކުރުމުގެ ދުވަސްތަކެއް ނަމަވެސް، މި ހަރަކާތްތަކުގައި ދީނީ އިމުން ބޭރުނުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެއްކަން ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.

  • ޢީދު ފާހަގަކުރުމުގައި އިސްލާމީ ސަގާފަތާ ޚިލާފުނުވުމަށް މިނިސްޓަރު ޝަހީމް އެދިވަޑައިގަތުން.
  • އަޟްޙާ ޢީދަކީ ޙައްޖުގެ އަޅުކަމާ ގުޅިފައިވާ މަތިވެރި ދުވަހެއްކަން ހަނދާންކޮށްދިނުން.
  • ދިވެހީންގެ އާދަކާދަތަކާ ނުގުޅޭ ކަންކަމުން ދުރުވުމަށް ރައީސް މުއިއްޒު އިލްތިމާސްކުރެއްވުން.
  • ދެޖިންސު މަސްހުނިނުވާނެހެން، ދީނީ އިމުގެ ތެރެއިން ޢީދުގެ ހަރަކާތްތައް ރޭވުމަށް ޚުތުބާގައި ގޮވާލުން.
  • ޢީދުގެ ކުޅިވަރުތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދިއުން.
  • މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުން.
  • ދީނީ ހުދޫދުގެ ތެރެއިން އުފާފާޅުކުރުންތައް އިންތިޒާމުކުރުން.
ގުޅޭ ޓެގު
comment ކޮމެންޓް