ވިޝާލް 'އިންޑިއަން އައިޑަލް 16'އިން ވަކިކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި ކޮމްޕޯޒަ ވިޝާލް--ފޮޓޯ/މިޑްޑޭ

ސޮނީ އެންޓަޓެއިންމަންޓް ޓީވީން ދައްކަމުން އަންނަ ރިއަލިޓީ ޓީވީ ޝޯ "އިންޑިއަން އައިޑަލް"ގެ 16 ވަނަ ސީޒަންގެ ފަނޑިޔާރުކަމުން މިއުޒީޝަން ވިޝާލް ދަދްލާނީ ވަކިކުރިކަމަށް ދެކެވޭ ވާހަކަ ލަވަކިޔުންތެރިޔާ ދޮގުކޮށްފިއެވެ.

ކުޅަދާނަ މިއުޒިކް ކޮމްޕޯޒަރު އަދި "އިންޑިއަން އައިޑަލް"ގެ އެންމެ ތަޖުރިބާކާރު ފަނޑިޔާރުންގެތެރޭ ހިމެނޭ ވިޝާލް އެ ޝޯއިން ވަކިކުރިކަމަށް ބުނެ ވާހަކަ ދެކެވެންފެށީ ދާދިފަހުން އިންޑިއާގައި މައްސަލަ ބޮޑުވި، ނީޓް އިމްތިހާނުގެ ޕޭޕަރުތައް ލީކުވި މައްސަލައާ ގުޅޭގޮތުން ވިޝާލް ފާޅުކުރި ޚިޔާލުތަކާ ގުޅިގެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ނީޓް-ޔޫޖީ އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައިގައި ކަންތައް ހިނގިގޮތާ ގުޅޭގޮތުން ފާޑުކިޔައި ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގެ ވަރަށް ގިނަ ޕޭޖުތަކުން ބުނަމުންދިޔައީ ވިޝާލްގެ ސިޔާސީ ވާހަކަތަކުގެ ސަބަބުން އިންޑިއަން އައިޑަލް އުފައްދާ ފަރާތްތަކުން ވިޝާލް ޝޯއިން ބޭރުކޮށްފައިވާ ކަމަށެވެ.

މި އަޑުތަކަށް ނިމުމެއް ގެނައުމުގެ ގޮތުން، ވިޝާލް ވަނީ ޝޯގެ ސެޓުގައި ހުރެ ނަގާފައިވާ ވީޑިއޯއެއް އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ.

ވިޝާލް 'އިންޑިއަން އައިޑަލް 16'ގެ ފަނޑިޔާރުންނާ އެކު--ފޮޓޯ/މިޑްޑޭ

މި ވީޑިއޯއާ އެކު ލިޔެފައިވާ މެސެޖުގައި ވިޝާލް ބުނީ އިންޓަނެޓުން ފެންނަ ކޮންމެ އެއްޗަކަށް އިތުބާރު ނުކުރުމަށާއި، ކަންކަން އޮޅުވާލުމުގެ މަސައްކަތް ވަރަށް ބޮޑަށް ހިނގަމުންދާ ކަމަށެވެ. އަދި ހައްގު ބަސް ބުނުމުގައި ދެމިހުރުމަށް ވެސް ވިޝާލް ވަނީ އެދިފައެވެ.

ވިޝާލްގެ އިތުރުން "އިންޑިއަން އައިޑަލް 16"ގެ ފަނޑިޔާރުންގެތެރޭ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އަދި މަޝްހޫރު ރެޕް މިއުޒީޝަން ބާދްޝާ ހިމެނެއެވެ.

ވިޝާލް އަކީ 2018 ވަނަ އަހަރުން ފެށިގެން "އިންޑިއަން އައިޑަލް"ގެ ފަނޑިޔާރުކަން ކުރަމުން އަންނަ އެ ޝޯގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް މިއުޒީޝަނެވެ.

އިންޑިއާގެ ނީޓް އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައާ ގުޅިގެން ވިޝާލް ފާޅުކުރި ޚިޔާލުތަކަކާ ގުޅިގެން އޭނާ ޝޯއިން ބޭރުކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. ނަމަވެސް، މި ވާހަކަތަކަށް ރައްދުދީ، ވިޝާލް ވަނީ ޝޯގެ ސެޓުގައި ހުރެ ނަގާފައިވާ ވީޑިއޯއެއް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި އާންމުކޮށްފައެވެ. މި ވީޑިއޯއާ އެކު އޭނާ ވަނީ އިންޓަނެޓުގައި ފެތުރޭ ހުރިހާ ވާހަކަތަކަކީ ތެދު ނޫންކަމަށާއި، އޮޅުވާލުމުގެ ގިނަ މަސައްކަތްތަކެއް ހިނގަމުންދާކަން ފާހަގަކޮށްފައެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް ހައްގު ބަސް ބުނުމުގައި ސާބިތުވެ ހުރުމަށް އޭނާ ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، 2018 ވަނަ އަހަރުން ފެށިގެން މި ޝޯގެ ފަނޑިޔާރުކަން ކުރަމުން އަންނަ ވިޝާލްއާ އެކު، މި ފަހަރުގެ ސީޒަންގައި ޝްރެޔާ ގޯޝަލް އަދި ބާދްޝާ ވެސް ބައިވެރިވާކަން ރިޕޯޓުތަކުން ކަށަވަރުކޮށްދެއެވެ.

  • 'އިންޑިއަން އައިޑަލް 16' ގެ ފަނޑިޔާރުކަމުން ވިޝާލް ވަކިކުރިކަމަށް ބުނެ ފެތުރޭ ވާހަކަތައް އޭނާ ރަސްމީކޮށް ދޮގުކޮށްފިއެވެ.
  • މި އަޑުތައް ފެތުރިފައިވަނީ ނީޓް އިމްތިހާނުގެ މައްސަލައިގައި އޭނާ ފާޅުކުރި ޚިޔާލުތަކަކާ ގުޅިގެންނެވެ.
  • ވިޝާލް ވަނީ ޝޯގެ ސެޓުގައި ހުރެ ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށް، އޮޅުވާލުމުގެ މަސައްކަތްތަކަށް ސަމާލުވުމަށް އާންމުންގެ ކިބައިން އެދިފައެވެ.
  • 2018 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަން ކުރަމުން އަންނަ ވިޝާލްއާ އެކު މި ސީޒަންގައި ޝްރެޔާ ގޯޝަލް އަދި ބާދްޝާ ވެސް ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވެއެވެ.
comment ކޮމެންޓް