ވޭވަށު ކައުންސިލް ވޯޓުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

ވޭވަށު ކައުންސިލްގެ އިންތިހާބުގައި މައްސަލަ ދިމާނުވާ މެންބަރުން ހުވައި ކުރުމުގެ ރަސްމިއްޔާުތުގެ ތެރެއިން- ފޮޓޯ ވޭވަށު ކައުންސިލް ފޭސްބުކް

ލ. ވޭވަށު ކައުންސިލް މެންބަރެއްގެ ގޮނޑި އެމްޑީޕީ މެންބަރަށް ކާމިޔާބުވެފައި އޮތް އޮތުން, ހައި ކޯޓުގެ ހުކުމަކާއެކު ބާތިލުކޮށް، ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ އާއްމު ދެ މެންބަރުގެ އިންތިހާބު، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ.

އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، މައްސަލަ ހައިކޯޓަށް ހުށަހެޅި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. އެކަމަކު ހައިކޯޓުގެ ހުކުމާއެކު، އެ ނިންމުން ބަދަލުވެ ގޮނޑި ލިބުނީ ޕީއެންސީއަށެވެ.

ހައިކޯޓުން މި މައްސަލަ ނިންމިއިރު، ފަނޑިޔާރުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވެފައެވެ. މައްސަލައިގެ އަގުލަބިއްޔަތު ފަނޑިޔާރުން ނިންމީ، އިންތިހާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރާށެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިހާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑީޑޭޓަށެވެ.

އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެމްޑީޕީގެ ފަރާތުންނާއި އަހްސަންގެ ފަރާތުންނެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތްކަމެއް އަދި ސާފުވެފައެއް ނުވެއެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ވޭވަށު ކައުންސިލްގެ މެންބަރުން ހުވައި ކުރިއިރު، މައްސަލަ ދިމާވެގެން އުޅޭ ކެންޑިޑޭޓު ހުވައި ނުކުރެއެވެ.

މި މައްސަލަ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމިއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ކުރިން ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއެވެ. ރައޫފު އަދި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ނިންމެނީ ތިން ވޯޓު ކަރުދާސް ބާތިލު ކަމަށް ކަނޑައަޅާށެވެ. ރައުޔު ތަފާތުވީ އިބްރާހީމް މާހިރު ވިދާޅުވީ ނަތީޖާއަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.

ވޭވަށު ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން ވޭވަށުގެ ވޯޓު އަލުން ގުނާފައިވެއެވެ. އެއީ، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ.

ލ. ވޭވަށު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމް ކާމިޔާބުކުރި ގޮނޑީގެ ނަތީޖާ ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އަހްސަންއަށް ލިބުނު 121 ވޯޓުގެ ތެރެއިން 3 ވޯޓު ބާތިލުކުރުމަށެވެ. މިއާއެކު އޭނާގެ ވޯޓު 118 އަށް މަދުވެ، 119 ވޯޓު ހޯދި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ގޮނޑި ލިބުނީއެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތްކަން އަދި ކަށަވަރުނުވާއިރު، ކައުންސިލްގެ އެހެން މެންބަރުން ހުވައިކުރިއިރު މައްސަލަ ޖެހިފައިވާ ގޮނޑީގެ މެންބަރު ހުވައިކޮށްފައެއް ނުވެއެވެ.

  • ލ. ވޭވަށު ކައުންސިލް އިންތިހާބުގެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅުން.
  • ފުރަތަމަ ނަތީޖާއިން އެމްޑީޕީގެ ކެންޑިޑޭޓް 2 ވޯޓުގެ ތަފާތުން ކުރިހޯދާފައިވުން.
  • ހައިކޯޓުން އެމްޑީޕީގެ 3 ވޯޓު ބާތިލުކޮށް، ޕީއެންސީއަށް ގޮނޑި ލިބުނުކަމަށް ކަނޑައެޅުން.
  • ހައިކޯޓުގެ ނިންމުން އައީ ފަނޑިޔާރު އަބްދުއްރައޫފު އަދި ފަނޑިޔާރު ޝަނީޒްގެ އަޣުލަބިއްޔަތުން.
  • މައްސަލަ ޖެހިފައިވާ ގޮނޑީގެ ކެންޑިޑޭޓު އަދި މެންބަރުކަމުގެ ހުވައިކޮށްފައިނުވުން.
  • ކުރިން އިލެކްޝަންސް ކޮމިޝަނުން ވޯޓު އަލުން ގުނިއިރުވެސް ނަތީޖާއަށް ބަދަލު އައިސްފައިނުވުން.
comment ކޮމެންޓް