16 އަހަރު ކުރީގެ މަރުގެ މައްސަލައެއްގެ އިތުރު އަޑުއެހުމެއް އަންނަ މަހު ސުޕްރީމް ކޯޓުގައި

16 އަހަރު ކުރީގެ މަރުގެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހު ސުޕްރީމް ކޯޓުގައި

ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހަސަން ފަރީދުގެ ޝަރިއަތުގެ އިތުރު އަޑު އެހުމެއް އަންނަ މަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޖެނުއަރީ، 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ، ޝުހާދަށް ހަމަލާދީ މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ އޮންނަތާވެސް ފަސް އަހަރަށްވުރެ ގިނަ ވެއްޖެއެވެ.

މި މައްސަލައިގެ އަޑު އެހުންތައް ކުރިން ސުޕްރީމް ކޯޓުން ގާތްގަނޑަކަށް ނިންމާލިއެވެ. އެކަމަކު، އޭރު މައްސަލަ ބަލަމުން ދިޔަ ބެންޗު ބަދަލުވެ، އަލުން މައްސަލަ ކުރިއަށްދާއިރު، މައްސަލައިގެ ރިޔާސަތު މިހާރު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

ޝުހާދަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މައްސައާ ގުޅިގެން މަރަށް ހުކުމް ކުރި ހަސަން ފަރީދަށް އަޑުއިވުމުގެ މައްސަލަތައް ދިމާވެފައިވާކަން، ސުޕްރީމް ކޯޓުގައި އެންމެ ފަހުން އޮތް ޝަރިއަތުގައިވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާ ގުޅިގެން ހިއަރިން އެއިޑެއް ހޯދަން ޖެހޭ ކަމަށް ޝަރިއަތުގައި ފަރީދުވަނީ ފާހަގަކޮށްފައެވެ.

ފަރީދު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 13 މެއި 2015 ވަނަ ދުވަހު އެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 2015 ޖޫން މަހުގެ ތެރޭގަ އެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑު އެހުމެއް ދެން އޮތީ އަންނަ މަހުގެ 11 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

ޝުހާދު މަރުވެފައި ވަނީ، ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުވައްމުލަކުގައި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހު ހިންގި މާރާމާރީއެއްގައި އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން ހަސަން ފަރީދު މެރުމަށް ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. މި މައްސަލަ 2017 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މައްސަލަ ބަލާ ބެންޗަށް ބަދަލުތަކެއް އައިސް، އަލުން ކުރިއަށްގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން، އަންނަ މަހުގެ 11 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

  • އަންނަ މަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
  • ހަސަން ފަރީދުގެ މައްޗަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.
  • މައްސަލަ ބަލާ ބެންޗު ބަދަލުވެފައިވާއިރު، މިހާރު ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.
  • އެންމެ ފަހުން ބޭއްވި ޝަރީއަތުގައި، އަޑުއިވުމުގެ ދަތިކަން ހުރުމުން ފަރީދަށް ހިއަރިން އެއިޑެއް ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ.
comment ކޮމެންޓް