މެލޭޝިއާގައި މަސްތުވާތަކެތި ބޭނުންކޮށް އެއްޖިންސުން ގުުޅުން ހިންގި ޕާޓީއަކުން 51 މީހުން ހައްޔަރުކޮށްފި

މިދިޔަ އަހަރު ހިންގި އޮޕަރޭޝަނެއްގައި ކުއާލަލަމްޕޫރުގައި ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފައި. ފޮޓޯ/ގެޓީ

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ހޮޓަލެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެއްޖިންސުން ގުޅުން ހިންގި ޕާޓީއެއްގައި ބައިވެރިވި 51 މީހުން މިދިޔަ އާދިއްތަ ދުވަހު މެލޭޝިއާ ފުުލުހުން ހިންގި ރެއިޑެއްގައި ހައްޔަރުކޮށްފިއެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިޔާގައި އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެކެވެ.

މަސްތުވާތަކެތީގެ އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ހުސެއިން އުމަރު ޚާން ނެރުނު ބަޔާނެއްގައި ވިދާޅުވީ ވަކިވަކިން ހިންގި ހަތަރު ރެއިޑެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި 52 އަހަރާ ދެމެދުގެ ބައެއް ކަމަށެވެ. އަދި އޭގެ ތެރޭގައި 28 ބިދޭސީން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެމްޑީއެމްއޭ އާއި އެކްސްޓަސީ ގުޅަ އަދި ޕައުޑަރާއި ކެޓަމިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 103،070 ރިންގިޓް (33،200 ސިންގަޕޫރު ޑޮލަރު) ގެ އަގުހުރި މަސްތުވާތަކެތި ވެސް ކަމާބެހޭ ފަރާތްތަކުން އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގްރޫޕުން މުނިފޫހިފިލުވުމަށް، މަސްތުވާތަކެތި ބޭނުންކުރުމަށް މަތީ ފެންވަރުގެ ހޮޓަލްތަކުގެ ކޮޓަރިތައް ބޭނުންކުރާކަން އެނގުނު. އަދި އަޚްލާގީ ގޮތުން ގޯސް އަމަލުތަކުގައި ބައިވެރިވާ ކަމަށް ބެލެވޭ." އުމަރު ޚާން ވިދާޅުވިއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރެއިޑްތަކުގެ ކުރިން އެ ޕާޓީގައި ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ހޭނެތިފައި އޮއްވާ ހޮޓަލުގެ ލޮބީން ފެނިފައިވެއެވެ. އޭނާ ކުއާލަލަމްޕޫރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް އުމަރު ޚާން ވިދާޅުވިއެވެ. އޭނާ މަރުވި ސަބަބާއި ބެހޭ ތަފްސީލެއް އޭނާ ނުދެއްވައެވެ.

އުމަރު ޚާން ވިދާޅުވީ ނުރައްކާތެރި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ބަންދުގައި ތިބި މީހުންގެ ތެރެއިން 36 މީހުން މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވާ ކަމަށާއި ތަހުގީގުތައް ކުރިއަށްދާއިރު ބަންދުގައި ތިބި މީހުންގެ ބަންދަށް ތިން ދުވަހާއި ހަ ދުވަހާއި ދެމެދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ މަތީ ފެންވަރުގެ ހޮޓަލެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެއްޖިންސުން ގުޅުންހިންގުމަށް ބޭއްވި ޕާޓީއެއް ފުލުހުން ރެއިޑުކޮށް 51 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި 28 ބިދޭސީން ހިމެނޭހެން، ގިނަ އަދަދެއްގެ ނުރައްކާތެރި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މީގެ އިތުރުން، މި ޕާޓީގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ މީހަކު ހޭނެތިފައި އޮއްވާ ފެނި، ހޮސްޕިޓަލަށް ގެންދިޔަފަހުން ވަނީ މަރުވެފައެވެ. މި މައްސަލަ މިހާރު ދަނީ ނުރައްކާތެރި މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންނެވެ.

  • މަސްތުވާތަކެތީގެ އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ހިންގި ހަތަރު ރެއިޑެއްގައި 21 އަހަރާއި 52 އަހަރާ ދެމެދުގެ 51 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 28 ބިދޭސީން ހިމެނޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
  • ގާތްގަނޑަކަށް 103،070 ރިންގިޓްގެ އަގުހުރި އެމްޑީއެމްއޭ، އެކްސްޓަސީ ގުޅަ، ޕައުޑަރު އަދި ކެޓަމިން ފަދަ ނުރައްކާތެރި މަސްތުވާތަކެތި މި އޮޕަރޭޝަނުގެ ތެރެއިން ވަނީ އަތުލައިގެންފައެވެ.
  • ހައްޔަރުކުރި މީހުންގެ ތެރެއިން 36 މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، ތަޙުޤީޤު ކުރިއަށްގެންދިއުމަށްޓަކައި އެމީހުން ވަނީ 3 ދުވަހާއި 6 ދުވަހުގެ މުއްދަތަކަށް ފުލުހުންގެ ބަންދުގައި ބައިތިއްބަން ނިންމާފައެވެ.
  • މި ޕާޓީގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ މީހަކު ހޮޓަލުގެ ލޮބީގައި ހޭނެތިފައި އޮއްވާ ފެނި، ކުއާލަލަމްޕޫރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވި ސީދާ ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.
  • މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާގައި އެއްޖިންސުން ގުޅުން ހިންގުމަކީ ޤާނޫނީ ގޮތުން ކުށަކަށްވާއިރު، މި ގްރޫޕުން މަތީ ފެންވަރުގެ ހޮޓާ ކޮޓަރިތައް ބޭނުންކޮށްގެން އަޚްލާޤީ ގޮތުން ގޯސް ޢަމަލުތައް ހިންގާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
  • "ސެންޓިމެންޓް": {
  • "އޯވަރޯލް": "ނެގެޓިވް",
  • "ސްކޯރ": 0.85,
  • "އިމޯޝަންސް": ["ކަންބޮޑުވުން", "ސީރިއަސް"],
  • "ކީވޯޑްސް": ["މަސްތުވާތަކެތި", "ހައްޔަރު", "މަރު", "ފުލުހުން"]
  • }
comment ކޮމެންޓް