އައިކެއަރ އަށް 23 އަހަރު: ހުރިހާ ފްރޭމަކާއި އަވިއައިނަކުން 23 ޕަސެންޓް ޑިސްކައުންޓް! 

ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ޚިދުމަތް ދެމުން އަންނަ އައިކެއަރ އޮޕްޓިކަލްގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، އައިކެއަރގެ ހުރިހާ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

އައިކެއަރގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، މީގެ 23 އަހަރު ކުރިން އައިކެއަރ އުފެއްދީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރާއެކު ކަމަށެވެ. އަދި މިއަދު މި ދެކޭ ކާމިޔާބީގެ އަސްލަކީ އައިކެއަރގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އައިކެއަރގެ ޚިދުމަތްތަކަށް ކަސްޓަމަރުންނާއި ޕާޓްނަރުން ކުރާ އިތުބާރުކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.

ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އައިކެއަރ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތްފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އާންމުންނާގާތަށް ފޯރުކޮށްދީފައެވެ.

އަހަރީ ދުވަހާ ގުޅިގެން އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި މިހާރު ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހެޔޮ އަގުގައި ލިބިގެންދާނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އައިކެއަރ އޮޕްޓިކަލްގެ 23 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނީގެ ހުރިހާ އައުޓްލެޓްތަކަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މިއީ އާންމުންނަށް ހެޔޮ އަގުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރު ޑޮކްޓަރު އަބްދުﷲ ޒާހިރު ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ ކާމިޔާބީގެ މައިގަނޑު ސިއްރަކީ މުވައްޒަފުންގެ ބުރަ މަސައްކަތާއި ކަސްޓަމަރުންނާއި ޕާޓްނަރުންގެ އިތުބާރެވެ. ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚިދުމަތް ފުޅާކޮށް، ފެންވަރު ރަނގަޅު ލޮލުގެ ސިއްހީ ފަރުވާ އާންމުންނާ ގާތަށް ފޯރުކޮށްދީފައެވެ.

  • އައިކެއަރ އަށް 23 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޕްރޮމޯޝަނެއް ފެށުން.
  • ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 އިންސައްތައިގެ ޑިސްކައުންޓެއް ލިބުން.
  • މި ޕްރޮމޯޝަން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ އައުޓްލެޓްތަކެއްގައި ކުރިއަށްދާނެކަން.
  • ކުންފުނީގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުންގެ މަސައްކަތާއި ކަސްޓަމަރުންގެ އިތުބާރުކަން ފާހަގަކުރުން.
  • ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކޮށްފައިވުން.
ގުޅޭ ޓެގު
comment ކޮމެންޓް