އިންޑިއާގެ މަޝްހޫރު ތެލުގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ އާ ފިލްމު "ޑްރެގަން"ގެ ފުރަތަމަ ޓީޒާއާ އެކު ފިލްމުގައި އެންޓީއާރް ފެންނަ ގޮތް ދައްކާލައިފިއެވެ.
އެންޓީއާރްގެ 43ވަނަ އުފަންދުވަހާ ދިމާކޮށް ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ގެނެސްދިންއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމި ތާރީޚުވެސް ވަނީ އިއުލާނުކޮށްފައެވެ.
މި ފިލްމުގެ މުހިއްމު ރޯލްއިން އެންޓީއާރް ޖޫނިއާގެ އިތުރުން ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރު ބިޖޫ މެނަން އަދި ރުކްމަނީ ވަސަންތު ހިމެނެއެވެ.
ކުޅަދާނަ ފިލްމު ޑައިރެކްޓަރު ޕްރަޝާންތު ނީލް ޑައިރެކްޓްކޮށް ގެނެސްދޭ "ޑްރަގަން" ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ ޖޫން 11ގައެވެ. ޕްރަޝާންތަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ކޭޖީއެފް"ގެ ދެ ފިލްމުގެ އިތުރުން ޕްރަބާސް މުހިއްމު ރޯލެއް ކުޅުނު ފިލްމު "ސަލާރު"ގެ ވެސް ޑައިރެކްޓަރެވެ.

ޖޫނިއަ އެންޓީއާރް ފިލްމު "ވޯ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމު "ޑްރެގަން"ގެ ޓީޒާއިން ފެންނަ ގޮތުގައި އެންޓީއާރް ވަނީ މި ފިލްމުގައި އޭނާ ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ވައިއާރްއެފްގެ ފިލްމު "ވޯ 2"އިން އެންމެފަހުން ބެލުންތެރިންނަށް ފެނުނު އެންޓީއާރް އަކީ ދެކުނު އިންޑިއާގެ ސިނަމާގެ އެންމެ ނުފޫޒުގަދަ ފިލްމުތަރިންގެތެރޭ ހިމެނޭ އެކްޓަރެކެވެ.
ފިލްމު "ޑްރެގަން" އަށްފަހު އެންޓީއާރް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ 2024 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދޭވްރާ: ޕާޓް 1"ގެ ދެވަނަ ބައިންނެވެ.