ބީއެމްއެލްއިން ސާފިން އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް ޕާޓްނަރުގެ ގޮތުގައި ވެފައިވާ އެއްބަސްވުން އައުކޮށްފި

ސާފިން އެސޯސިއޭޝަނާއެކު ވެފައިވާ ޕާޓްނާޝިޕް އެއްބަސްވުން ދެމެހެއްޓުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާޅާއަޅާ އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމަންޓް ޕާޓްނަރުގެ ގޮތުގައި ވެފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ބީއެމްއެލުން ބުނީ، މި ޕާޓްނާޝިޕްގެ ދަށުން ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރުގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެ ކަމަށެވެ. އަދި، ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް"އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ރާޅާ އަޅާ އެސޯސިއޭޝަނާ އެކު ޕާޓްނާޝިޕް ގާއިމުކުރީ 2022 ވަނަ އަހަރެވެ. އަދި، 2024 ވަނަ އަހަރު އެ ޕާޓްނާޝިޕަށް ދެ އަހަރު އިތުރުކޮށްފައިވެއެވެ.

https://sun.mv/220270

ބީއެމްއެލުން ބުނީ، އެ ބޭންކުން އަންނަނީ ޒުވާނުންނަށް ހިންގާ ކުޅިވަރުގެ އެކިއެކި ހަރަކާތްތަކާއި އެސޯސިއޭޝަންތަކާ އެކު ގާއިމްކުރާ ޕާޓްނަޝިޕްތަކުގެ ޒަރިއްޔާއިން މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޭންކުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ހިންގާ "ސްޕޯޓްސް ސްކޯލާޝިޕް" އެންމެ ފަހުން ލިބިފައިވަނީ ހުނަރުވެރި ރާޅާއެޅުންތެރިޔާ ސައްޔިދު ޞަލާޙުއްދީނަށެވެ. މި ސްކޯލާޝިޕްގެ ދަށުން ސައްޔިދުގެ ތަމުރީނުތައް ކުރިއަށް ގެންދާނީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ހިމެނޭ ޗައިނާ، އިންޑޮނޭޝިއާ އަދި ފިލިޕީންސްގައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ދިވެހިރާއްޖޭގެ ރާޅާއަޅާ އެސޯސިއޭޝަން (އެމްއެސްއޭ) ގެ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ކުރިއަށްދިއުމަށް ވެފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އައުކޮށްފައެވެ. މި ޕާޓްނާޝިޕްގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކަށާއި، އަހަރީ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް ބޭންކުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ ޒުވާނުންގެ ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް ބީއެމްއެލްއިން މުޅި ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ބައެކެވެ.

  • ބީއެމްއެލްއިން އެމްއެސްއޭގެ ޑިވެލޮޕްމަންޓް ޕާޓްނަރުގެ އެއްބަސްވުން 2024 ވަނަ އަހަރުން ފެށިގެން އިތުރު ދެ އަހަރަށް އައުކުރުން.
  • ގައުމީ ސީނިއާ އަދި ޖޫނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރުކަން ބީއެމްއެލްއިން މެދުކެނޑުމެއްނެތި ދެމެހެއްޓުން.
  • ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިން ކުރިއެރުވުމަށް ބާއްވާ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް އެހީތެރިކަން ދިނުން.
  • ބީއެމްއެލްގެ ސްޕޯޓްސް ސްކޯލާޝިޕްގެ ދަށުން ރާޅާއެޅުންތެރިޔާ ސައްޔިދު ޞަލާޙުއްދީނަށް ބޭރު ގައުމުތަކުގައި ތަމުރީނުވުމުގެ ފުރުސަތު ދިނުން.
comment ކޮމެންޓް