ތަފާތު މަންޒަރެއް: ފިއްލަދޫ ކައުންސިލްގެ ރައީސަށް ހުވާލައިދެއްވީ އަނބިކަނބަލުން

ފިއްލަދޫ ކައުންސިލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ފިއްލަދޫ ކައުންސިލް

ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރުގެ އިންތިޚާބީ މެމްބަރުން މަޤާމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ހއ. ފިއްލަދޫ ކައުންސިލްގެ އައު ރައީސް މުޙައްމަދު ޙާމިދަށް މަޤާމުގެ ހުވާލައިދެއްވީ އޭނާގެ އަނބިކަނބަލުން އަދި ފިއްލަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އައިޝަތު ފަރީދާއެވެ. ޝަރީޢާއާއި ޤާނޫނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން ތިއްބެވި މި ދެމަފިރިންގެ މި ހާދިސާއަކީ އާންމުކޮށް ނުފެންނަ ތަފާތު މަންޒަރެކެވެ. މީގެ އިތުރުން، ފިއްލަދޫ ކައުންސިލްގެ ހުރިހާ ގޮނޑިއަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއިން ކާމިޔާބުކޮށްފައިވާއިރު، މިއީ އެރަށުގެ ތާރީޚުގައި އެއް ޕާޓީއަކުން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

  • ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދަށް މަޤާމުގެ ހުވާލައިދެއްވީ އަނބިކަނބަލުން އައިޝަތު ފަރީދާ.
  • އައިޝަތު ފަރީދާއަކީ ފިއްލަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް.
  • ދެމަފިރިންނަކީވެސް ޤާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވައިގެން ތިއްބެވި ދެބޭފުޅުން.
  • ފިއްލަދޫ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީއެންސީއިން.
  • މިއީ ފިއްލަދޫގެ ތާރީޚުގައި އެއް ޕާޓީއަކުން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރު.

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އަލަށް އިންތިޚާބުވި މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުންގެ އިތުރުން ކައުންސިލަރުން އިއްޔެ ރަސްމީކޮށް މަސައްކަތާ ހަވާލުވިއިރު ހއ. ފިއްލަދޫއިން ފެނުނީ ތަފާތު މަންޒަރެކެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސަށް ހުވާލައިދެއްވީ އޭނާގެ އަނބިކަނބަލުންނެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސާއި އޭނާގެ އަނބިކަނބަލުން އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް ---

ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދަށް ހުވާލައިދެއްވީ އެ ރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި އޭނާގެ އަނބިކަނބަލުން އައިޝަތު ފަރީދާއެވެ. ފަރީދާ ފިއްލަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އެނގިފައިވާ ގޮތުގައި ފަރީދާއާއި ޙާމިދަކީ ވެސް ޝަރީއާ އެންޑް ލޯއިން ޑިގްރީ ހާސިލްކޮށްފައިވާ ދެ ބޭފުޅުންނެވެ.

ފިއްލަދޫ ކައުނސިލްގެ ކައުނސިލްރުން ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ފިއްލަދޫ ކައުންސިލް

ފިއްލަދޫ ކައުންސިލްގެ ތިން ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއިންނެވެ.

ފިއްލަދޫގެ ހުރިހާ ގޮނޑިތަކެއް އެއް ޕާޓީއަކުން ހޯދި މިއީ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް