ނިމުނު އަހަރަށްވުރެ، މިއަހަރުގެ ފުރަތަމަ 4 މަހު ޑެންޑީގެ ކޭސްތައް އިތުރު: އެޗްޕީއޭ

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ "ޑެންގީ އިޖާބަ" ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ނިމުނު 2025 ވަނަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ޑެންގީ ހުމުގެ ކޭސްތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. ވަކި ރަށަކަށް ނުވަތަ އަތޮޅަކަށް ނިސްބަތްވުމެއް ނެތި، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާކަން އެ އިދާރާގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 2500 ކޭސް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް 2000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، މި ބަލީގައި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޒުވާން ދެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ ށ. މިލަންދުއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފިރިހެނަކާއި، މ. މުއްޔަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ. ކުރިއަށް އޮތީ ވިއްސާރަ މޫސުމަށް ވުމާއެކު، ބަލި ފަތުރާ އީޑީސް މަދިރި އާލާވާ މިންވަރު އިތުރުވެ، ކޭސްތައް އިތުރަށް މައްޗަށް ދާނެކަމަށް ލަފާކުރެވެއެވެ.

  • ނިމުނު އަހަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ޑެންގީގެ ކޭސްތައް ވަނީ އާދަޔާޚިލާފަށް އިތުރުވެފައެވެ.
  • މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މި ބަލި އަންނަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.
  • ނިމުނު އަހަރު ޖުމްލަ 2500 ކޭސް ރިޕޯޓުކުރިއިރު، މިއަހަރުގެ މިހާތަނަށް 2000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
  • މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން ޒުވާން ދެ މީހަކު ވަނީ ނިޔާވެފައެވެ.
  • ވިއްސާރަ މޫސުމާ ގުޅިގެން އީޑީސް މަދިރި އާލާވުން އިތުރުވެ، ބަލި ފެތުރޭ މިންވަރު އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރެވެއެވެ.

ނިމުނު 2025 ވަނަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ޑެންގީގެ ކޭސްތަށް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕްބަލިކް ހެލްތް ކޯޑިނޭޓަރު އާދަމް ރިފާއު ވިދާޅުވީ، ޑެންގީގެ ހާލަތު ވެސް ރޯގާއެކޭ އެއްގޮތަށް ކުރިއަށްވުރެ ކޭސްތަކުގެ އަދަދު މަތީގައި އުޅޭކަމަށެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހާރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީގެ ކޭސްތައް ވަރަށް މަތީގައި އުޅޭކަން ފާހަގަކޮށްފައެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އައި ކޭސްތައް މިދިޔަ އަހަރުގެ ހުރިހާ ޓޯޓަލް ކޭސްތަކަށް ވުރެ ވެސް މައްޗަށް ގޮސްފަ މިހާރު މިވަނީ،އެޗްޕީއޭގެ ޕްބަލިކް ހެލްތް ކޯޑިނޭޓަރު އާދަމް ރިފާއު

ރިފާއު ވިދާޅުވީ ވަކި އަތޮޅެއް ނުވަތަ ވަކި ރަށެއްގެ ބަދަލުގައި ހުރިހާ ތަނެއްގައި ވެސް ޑޭންގީގެ ކޭސްތައް ގިނަވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

https://sun.mv/221565

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕަބްލިކް ހެލްތް ކޯޑިނޭޓަރު މުޙައްމަދު ހަމްޒަތު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަމަސް އަދި ނުނިމިގެން އުޅޭއިރު، މިދިޔަ އަހަރުގެ ޖުމްލަ އަދަދަށްވުރެ މިއަހަރު ޑެންގީގެ ކޭސްތަށް ގިނަ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އުފުލިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު ގާތްގަނޑަކަށް ޑެންގީގެ 2،500 އެއްހައި ކޭސް ރިޕޯޓުކޮށްފައި ވެއެވެ. އެ އެޖެންސީއިން އެންމެ ފަހުން މިމަހުގެ ތެރޭގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ 2،000 އަށްވުރެ މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން މިމަހުގެ ކުރީކޮޅު އާންމުކޮށްފައިވާ ތަފާސްހިސާބުތައް --

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ދެ މީހަކު ވަނީ މަރުވެފައެވެ. ޑެންގީ ފެތުރޭ މިންވަރު އިތުރުވެ އެ ބަލީގައި މި އަހަރު ފުރަތަމަ މީހަކު ނިޔާވެފައި ވަނީ އޭޕްރިލް މަހުގެ 13 ވަނަ ދުވަހެވެ. އެއީ ށ. މިލަންދުއަށް ނިސްބަތްވާ އުމުރުން 23 އަަހަރުގެ ފިރިހެނެކެވެ.

ދެން އެ ބަލީގައި މީހަކު މަރުވެފައި ވަނީ ހަމަ އެ މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު މަރުވީ މ. މުއްޔަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ.

https://sun.mv/220551

ރާއްޖޭގައި އެންމެ ގިނައިން ފެތުރޭ ބަލިތަކުގެ ލިސްޓުގައި ޑެންގީ ހިމެނެއެވެ. ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.

އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުމަކީ ދާދި އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެސް ވެއެވެ. ޑެންގީ ފެތުރެނީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާގެ އުމުރުގައި އީޑީޒް މަދިރި، ބަލި ފަތުރަމުން ދެއެވެ.

comment ކޮމެންޓް