މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓު ކެނޑިއްޖެ

މާލެ ސިޓީ މަތިން: މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓު ކެނޑިއްޖެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ކޯރުކެނޑިމަގާއި، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގައި ހިމެނޭ ގެތަކުން މިއަދު ވަނީ ކަރަންޓު ކެނޑިފައެވެ. މިކަން މެދުވެރިވީ ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިފަހަކަށް އައިސް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އާންމުވެފައިވާއިރު، މިދިޔަ މަހުވެސް ކޭބަލަކަށް ގެއްލުންވެގެން އަށް ގަޑިއިރަށް ކަރަންޓު ކެނޑިފައިވެއެވެ.

  • މާލޭގެ ބައެއް މަގުތަކުން މިއަދު ކަރަންޓު ކެނޑިފައިވުން
  • ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލަކަށް ދިމާވި މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުނުން
  • މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދިއުން
  • މިފަހަކަށް އައިސް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރުވެފައިވުން

މާލޭގެ ކޯރުކެނޑިމަގާއި، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގައި ހިމެނޭ ގެތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

މިފަހަކަށް އައިސް، މާލެ އަދި ހުޅުމާލެއިން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑި، އަށް ގަޑިއިރުވިއެވެ. އޭރު ކަރަންޓު ކެނޑިފައިވަނީ، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް