3 ރައީސުން މުޒާހަރާގައި ބައިވެރިވެވަޑައިގަތުމާއެކު ފޯރި ގަދަވެއްޖެ!

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ފާހަގަކޮށްލެވޭ ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައި، ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި އެކުގައި ބައިވެރިވެވަޑައިގެންފައެވެ. މި ބޭފުޅުން ވަނީ އެއް މޭޒެއްގެ ދޮށުގައި ބައްދަލުކުރައްވައި، ނޫސްވެރިންނާ މުޚާޠަބުކުރެއްވުމަށްފަހު މުޒާހަރާގެ ބައިވެރިންނާ ގުޅިވަޑައިގެންފައެވެ. ނަމަވެސް، މުޒާހަރާގައި ކުޑަ ވަގުތުކޮޅަކު މަޑުކުރެއްވުމަށްފަހު ތިން ބޭފުޅުންވެސް ވަނީ އެތަނުން ވަޑައިގެންފައެވެ.

  • ކުރީގެ ތިން ރައީސުން އެކުގައި މުޒާހަރާގައި ބައިވެރިވެވަޑައިގަތުން
  • ސަރުކާރާ ދެކޮޅަށް އެއްބައިވެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުން
  • މުޒާހަރާގައި ކުޑަ ވަގުތުކޮޅަކު ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތުން

ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މިރޭގެ މުޒާހަރާގައި ބައިވެރިވެވަޑައިގަތުމާއެކު ފޯރި ގަދަވެއްޖެއެވެ.

ސަރުކާރާ ދެކޮޅަށް ތިން ރައީސުން އެއް މޭޒެއް ދޮށަށް ވަޑައިގެން ބެއްވެވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެން ވަޑައިގަތީ މަގުމަތީގެ މުޒާހަރާއަށެވެ.

ނަމަވެސް އިރުކޮޅަކު ބައިވެރިވެވަޑައިގަތުމަށްފަހު، ތިން ރައީސުން ވެސް ވަނީ ވަޑައިގެންފައެވެ.

ސަރުކާރު ޖަވާބުދާރީކުރުވަން ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ތިން ރައީސުން ވެސް މިރޭ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

https://sun.mv/222039

އޭގެ އެންމެ ބޮޑު ސަބަބަކީ މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅައި، ނޫސްވެރިން ޖަލަށް ލައި، ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވުން ކަމަށް ތިން ރައީސުން ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވުން ކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ތިން ރައީސުން ވެސް ވަނީ ކުރިއަށް އޮތް ތަނުގައި ސަރުކާރު ޖަވާބުދާރީކުރުވަން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ވެސް އެކުގައި ކުރައްވާނެ ކަމަށާއި، ދޫ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަގުމައްޗަށް ނުކުމެވަޑައިގެން މުޒާހަރާ ކުރެއްވަން ވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު