ހައިވޭ އެކްސިޑެންޓު: މަރުވީ 50 އަހަރުގެ އިންޑިއާ މީހެއް

ބްރިޖުގައި ކުރިން އެކްސިޑެންޓެއް ހިނގި ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރޭގެ ވަގުތެއްގައި ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގެ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 50 އަހަރުގެ އިންޑިއާ ފިރިހެނަކު ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އޭނާ ދުއްވާފައި ދިޔަ ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު، އެ މަގުން ދަތުރުކުރި ޕިކަޕެއްގެ ދަށުވުމުގެ ސަބަބުންނެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ 22:12 ހާއިރުއެވެ. މިހާރު ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • މި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެކެވެ.
  • ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަ ފަޅީގައި ހުންނަ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައެވެ.
  • އެކްސިޑެންޓު ހިނގީ ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ޕިކަޕެއްގެ ދަށުވެގެންނެވެ.
  • މި ނުރައްކާތެރި ހާދިސާގެ މައްސަލަ ދިވެހި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ސިނަމާލެ ބުރިޖުގެ ޓްރެފިކް ލައިޓު ކައިރިން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ، 50 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓު ލައިޓު ކައިރީގައެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުުހުން ބުންޏެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ މަރުވެފައެވެ.

https://sun.mv/221949

އެގޮތުން، މި އެކްސިޑެންޓުގައި މަރުވެފައި ވަނީ، އިންޑިއާއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް