އަޟްހާ ޢީދާ ދިމާކޮށް މި މަހުގެ 24 އާއި 25 ވަނަ ދުވަހު ސަރުކާރު ބަންދު

އިޒްރޭލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ ދެންނެވުމަކާ ގުޅިގެން، މިއަހަރުގެ އަޟްހާ ޢީދާ ދިމާކޮށް މެއި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. މިގޮތަށް ހަމަޖެއްސެވީ، ސަރުކާރު މުވައްޒަފުންނަށް މެދުނުކެނޑި ދިގު ޗުއްޓީއެއް ލިބޭގޮތް ފަހިކޮށްދެއްވައި، އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ދެއްވުމުގެ މަގުސަދުގައެވެ. ޢީދު ޗުއްޓީއަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.

  • މެއި 24 އަދި 25 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުން
  • މުވައްޒަފުންނަށް މެދުނުކެނޑި ދިގު ޗުއްޓީއެއް ހޯދައިދިނުން
  • އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުން
  • ޢީދަށްފަހު އޮފީސްތައް ހުޅުވޭނީ މެއި 31 ގައިކަން އެންގުން

އަޟްހާ ޢީދު ބަންދާ ގުޅިގެން މި މެއި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ މި މެއި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

އެގޮތަށް ހަމަޖެއްސެވީ، އަޟްހާ ޢީދު ބަންދާ ގުޅިގެން އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި ޢީދު ބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެ މަތިން މެއި 31 ވާ އާދިއްތަ ދުވަހު ކަމަށް އެ އޮފީހުން ބުންޏެވެ.

މިމަހުގެ 26 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އެއާ ޖެހިގެން އަންނަ 27 ވަނަ ދުވަހަކީ އަޟްހާ ޢީދު ދުވަހެވެ.

އެހެންކަމުން މިފަހަރުގެ ބޮޑު ޢީދު ބަންދަށް ހަތް ދުވަސް ލިބޭނެއެވެ.

comment ކޮމެންޓް