ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ރޭގެ ވަގުތެއްގައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އަނިޔާވި އުމުރުން ސާޅީސް ނުވަ އަހަރުގެ ދިވެހި ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ރޭ ދަންވަރު ވަނީ ރިޕޯޓުކޮށްފައެވެ. ނާޒިމް ސައްތާރަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ހޮސްޕިޓަލުން ހާމަކޮށްފައި ނުވާއިރު، މި ހަމަލާ ދީފައިވަނީ ކޮން ބައެއްކަމާއި ހަމަލާ ދިން ސަބަބު އަދި ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.
- ކުރީގެ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފި
- އަނިޔާވި ފަރާތަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
- ހަމަލާދިން މީހުންނާއި ސަބަބު އަދި ދެނެގަނެވިފައި ނުވޭ
- ދިވެހި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި އަނިޔާވެފައިވަނީ ކާކަށް ކަމެއް ފުލުހުން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، އެއީ ނާޒިމް ސައްތާރުކަން ވަނީ ކަށަވަރުވެފައެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާ ދީފައިވަނީ ކޮން ބައެއް ކަމާއި، ހަމަލާ ދިން ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.