ހޭނެތުމުގެ ފަސް މިނެޓު ކުރިން ގެލެކްސީ ވޮޗުން އަންގައިދޭނެ!

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ސެމްސަންގް ގެލެކްސީ ވޮޗް 6 ---

ސެމްސަންގް ގެލެކްސީ ވޮޗް ބޭނުންކޮށްގެން މީހަކު ހޭނެތުމުގެ ފަސް މިނެޓު ކުރިން އެކަން ދެނެގަނެވޭނެކަން އައު ދިރާސާއަކުން ވަނީ ދައްކާފައެވެ. ދެކުނު ކޮރެއާގެ ޗަންގް-އަންގް ޔުނިވާސިޓީއާއި ގްވަންމިއޮންގް ހޮސްޕިޓަލާ ގުޅިގެން ސެމްސަންގުން ކުރިއަށްގެންދިޔަ މި ދިރާސާ އަމާޒުކޮށްފައިވަނީ ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ކުއްލިއަކަށް ދަށްވުމުގެ ސަބަބުން ދިމާވާ ހޭނެތުމުގެ މައްސަލަތަކަށެވެ. މިއީ އާންމުކޮށް ވިއްކަން ހުންނަ ސްމާޓްވޮޗެއް ބޭނުންކޮށްގެން މިފަދަ ކާމިޔާބީއެއް ހޯދުނު ފުރަތަމަ ފަހަރެވެ. މި ދިރާސާގައި ބޭނުންކޮށްފައިވަނީ ގެލެކްސީ ވޮޗް 6 އެވެ. ގަޑީގެ ސެންސަރުތަކާއި އޭއައި މޮޑެލްތައް ބޭނުންކޮށްގެން ހެދި މި ޓެސްޓުތަކުން 84.6 އިންސައްތައިގެ ކާމިޔާބީއެއް ވަނީ ހޯދާފައެވެ. 132 މީހަކު ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގެ ސަބަބުން، ހޭނެތިގެން ވެއްޓި ލިބޭ އަނިޔާތަކުން ސަލާމަތްވުމަށް ބޮޑު އެހީއަކަށް ވާނެކަމަށް ބެލެވެއެވެ. ހޭނެތުމުގެ ކުރިން އިންޒާރު ލިބުމުން، ރައްކާތެރި ތަނަކަށް ބަދަލުވެ އިށީނުމަށް ފުރުސަތު ލިބިގެންދާނެއެވެ. މި ފީޗާ އާންމުކޮށް ދޫކޮށްލާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ނުކުންނަ އައު މޮޑެލްތަކުން މި ޚިދުމަތް ލިބޭނެކަމަށް އުންމީދު ކުރެވެއެވެ.

  • ސެމްސަންގް ގެލެކްސީ ވޮޗުން ހޭނެތުމުގެ 5 މިނެޓު ކުރިން އެކަން ދެނެގަނެވޭނެކަން ދިރާސާއިން ދެއްކުން
  • އޭއައި މޮޑެލްތަކާއި ގަޑީގެ ސެންސަރުތައް ބޭނުންކޮށްގެން 84.6 އިންސައްތައިގެ ކާމިޔާބީއެއް ހޯދުން
  • ކުއްލިއަކަށް ވެއްޓި ލިބޭ އަނިޔާތަކުން ރައްކާތެރިވުމަށް މި ފީޗާގެ ސަބަބުން އެހީތެރިވެދިނުން
  • މި ޚިދުމަތް އާންމުކޮށް ލިބެން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވުން

ސެމްސަންގް ގެލެކްސީ ވޮޗް ބޭނުންކޮށްގެން، މީހަކު ހޭނެތުމުގެ ފަސް މިނެޓު ކުރިން އެކަން ދެނެގަނެވޭނެކަން ދިރާސާއަކުން ދައްކައިފިއެވެ.

ދެކުނު ކޮރެއާގެ ޗަންގް-އަންގް ޔުނިވާސިޓީއާއި ގްވަންމިއޮންގް ހޮސްޕިޓަލާ ގުޅިގެން ސެމްސަންގުން ކުރިއަށްގެންދިޔަ މި ދިރާސާއަކީ "ވެސޯވޭގަލް ސީންކޯޕް" ނުވަތަ ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ކުއްލިއަކަށް ދަށްވުމުގެ ސަބަބުން ކުރިމަތިވާ ހޭނެތުމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ކުރި ދިރާސާއެކެވެ.

މިއީ އާންމުކޮށް ވިއްކަން ހުންނަ ސްމާޓްވޮޗެއް ބޭނުންކޮށްގެން ހޭނެތުން ދުރާލައި އަންގައިދެވިދާނެކަން ސާބިތުކޮށްދިން ފުރަތަމަ ކާމިޔާބު ދިރާސާ ކަމަށް ސެމްސަންގުން ބުނެއެވެ.

https://sun.mv/219997

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ސެމްސަންގް "ގެލެކްސީ ވޮޗް 6" އެވެ. މި ގަޑީގައި ހުންނަ ސެންސަރުތައް މެދުވެރިކޮށް ހިތުގެ ވިންދަށް އަންނަ ބަދަލުތައް ބަލައި، އެ މައުލޫމާތު އޭއައި މޮޑެލްއެއްގެ އެހީގައި ވަނީ ދިރާސާކޮށްފައެވެ. މިގޮތުން ހޭނެތުމުގެ ފަސް މިނެޓު ކުރިން އެކަން ދެނެގަތުމުގައި މި ސިސްޓަމުން ވަނީ 84.6 އިންސައްތައިގެ ކާމިޔާބީއެއް ހޯދާފައެވެ.

މި ދިރާސާގައި ހޭނެތުމުގެ މައްސަލަ ހުންނަ ކަމަށް ޝައްކުކުރެވޭ 132 މީހަކު ބައިވެރިކޮށްފައިވާއިރު، ޑޮކްޓަރުންގެ ބެލުމުގެ ދަށުން އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ވަނީ ގަޑީގެ އެހީގައި މޮނިޓާކޮށްފައެވެ. ސެމްސަންގުން ބުނާ ގޮތުގައި މިއީ ހޭނެތުމުގެ ސަބަބުން ކުއްލިއަކަށް ވެއްޓި ލިބޭ އަނިޔާތަކުން ސަލާމަތްވުމަށް އެޅޭނެ ވަރަށް ބޮޑު ބާރެކެވެ.

ހޭނެތުމުގެ ކުރިން އެކަން އެނގުމުން، މީހާއަށް އިށީނުމަށް ނުވަތަ ރައްކާތެރި ތަނަކަށް ބަދަލުވުމަށް ވަގުތު ލިބިގެންދާނެ ކަމަށް ދިރާސާގައި ބައިވެރިވި ޕްރޮފެސަރުން ވިދާޅުވެއެވެ.

މި ފީޗާ އާންމުކޮށް ގަޑިތަކަށް ދޫކޮށްލާނެ ތާރީޚެއް ސެމްސަންގުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ގެލެކްސީ ވޮޗްގެ އައު މޮޑެލްތަކުން މި ޚިދުމަތް ލިބޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް