ފިލްމު 'ތުމްބާޑް 2'ގައި ބަތަލާ އާލިއާގެ ފެނިލުމެއް

އެކްޓަރު ސޯހަމް ޝާހް، ނަވާޒުއްދީން ސިއްދީގީ އަދި ބަތަލާ އާލިއާ ބަޓް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބިރުވެރި ފިލްމު 'ތުމްބާޑް' ގެ ދެވަނަ ބައިކަމަށްވާ 'ތުމްބާޑް 2' ގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާގެ ޚާއްސަ ފެނިލުމެއް ހިމެނޭނެކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ. އާލިއާ ކުޅޭ ރޯލުގެ ފުރިހަމަ ތަފުސީލުތައް އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، މިއީ ފިލްމުގެ ކުރިމަގު ބިނާކޮށްފައިވާ ވަރަށް މުހިއްމު ކެރެކްޓާއެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ސޯހަމް ޝާހް އަދި ނަވާޒުއްދީން ސިއްދީގީ އެވެ. އަދޭޝް ޕްރަސާދު ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

  • ތުމްބާޑް 2 ގައި ބަތަލާ އާލިއާގެ ޚާއްސަ އަދި މުހިއްމު ފެނިލުމެއް ހިމެނޭނެ
  • އާލިއާގެ މަންޒަރުތައް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މުމްބާއީގައި
  • ފިލްމުގެ ލީޑް ރޯލުން ފެންނާނީ ސޯހަމް ޝާހް އަދި ނަވާޒުއްދީން ސިއްދީގީ
  • މި ބިރުވެރި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު 3 ގައި

މީގެ ނުވަ އަހަރު ކުރިން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބިރުވެރި ފިލްމު "ތުމްބާޑް"ގެ ދެވަނަ ފިލްމުން ބަތަލާ އާލިއާގެ ޚާއްސަ ފެނިލުމެއް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ޕީރިއަޑް ފޯކް ހޮރޯ ފިލްމު "ތުމްބާޑް 2"ގައި ބަތަލާ ފެންނާނީ ސީދާ ކޮންކަހަލަ ރޯލަކުން ކަމެއް އަދި އެ ރޯލާ ބެހޭ ތަފުސީލު މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އާލިއާގެ ޚާއްސަ ފެނިލުން ހިމެނޭ ސީންތައް ޝޫޓްކުރަން ހަމަޖެހިފައި ވަނީ އިންޑިއާގެ މުމްބާއީގައެވެ.

އާލިއާ ފިލްމުގައި ފެންނާނީ ޚާއްސަ ފެނިލުމަކުން ނަމަވެސް ބަތަލާގެ ކެރެކްޓާ އަކީ ފިލްމަށް ވަރަށް މުހިއްމު ރޯލެއް ކަމަށާއި އެއީ ފިލްމުގެ ކުރިމަގު ބިނާކޮށްފައިވާ ކެރެކްޓާއެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އެކްޓަރު ސޯހަމް ޝާހް ފިލްމު 'ތުމްބާޑް'ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަދޭޝް ޕްރަސާދު ޑައިރެކްޓްކޮށް ގެނެސްދޭ "ތުމްބާޑް 2" އަކީ މީގެކުރިން އިންޑިއާގައި އުފައްދާފައިނުވާ ފެންވަރުގެ ވަރަށް ވަރުގަދަ ބިރުވެރި ފިލްމަކަށްވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

މި ފިލްމުގައި ލީޑް ރޯލް ކުޅޭނީ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ސޯހަމް ޝާހްއެވެ. ސޯހަމްއާ އެކު "ތުމްބާޑް 2"ގެ ވަރަށް މުހިއްމު ރޯލަކުން ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް ފެންނާނެއެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ. ފިލްމު "ތުމްބާޑް" މީގެ ދެ އަހަރު ކުރިން އަލުން ސިނަމާތަކުގައި ދެއްކުމުން ލިބުނު ބޮޑު ތަރުހީބާ އެކު، ސީކުއަލްއަށް އޮތް އިންތިޒާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް