ގައުމީ ޔުނިވާސިޓީގައި ކިޔަވައި، އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރެއް މުޅިން އަލަށް ދަސްވެނިވެއްޖެ

ދަސްވެނިވި ރާހިލްއާއެކު މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ތާރީޚުގައި އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރަކު ފުރަތަމަ ފަހަރަށް ބެޗެލާސް ޑިގްރީ ފުރިހަމަކޮށް، މިއަދު ދަސްވެނިވެއްޖެއެވެ.

ދަސްވެނިވެފައިވަނީ އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރެއްކަމަށްވާ އިސްމާއީލް ރާހިލެވެ. އޭނާ ދަސްވެނިވެފައިވަނީ ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯހުންނެވެ.

މިއީ އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރަކު، ގައުމީ ޔުނިވާސިޓީން މި ފެންވަރުގެ ކޯހެއް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

މިކަމާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު މަރުހަބާގެ ޕޯސްޓެއްގައި ވަނީ، އޭނާއަށް މިނިސްޓަރު ރ. އިސްމާއީލް ޝަފީއު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި ކާމިޔާބީއާއެކު ގިނަ ބަތަކު އަންނަނީ ރާހިލް އަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ކުއްޖެއް ނަމަވެސް އޭނާ ދައްކުވައިދިނީ އެއީ ކިޔެވުމަށް އޮތް ހުރަހެއް ނޫން ކަމަށް ބުނަމުންނެވެ. އަދި މިއީ އެ ފަދަ ކުދިންނަށް މަތީ ތައުލީމުގެ ދާއިރާއިން ހުޅުވިގެންދިޔަ އުންމީދީ ދޮރެއްގެ ގޮތުގައި އެ ގިނަ ބަޔަކު ފާހަގަކުރެއެވެ.

comment ކޮމެންޓް