ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގެ ޚިދުމަތްތަކަށް މައްސަލައެއް ދިމާވެ، ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މި މައްސަލަ ހައްލުކުރުމަށް ބޭންކުން މަސައްކަތްކުރަމުންދާއިރު، އާންމުންނަށް ދިމާވާ ދަތިތަކަށް ބޭންކުން ވަނީ މައާފަށް އެދިފައެވެ. ޚިދުމަތް ނުލިބޭތާ ގަޑިއިރަކަށްވުރެ ގިނައިރުވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

  • ބީއެމްއެލްގެ މޮބައިލް އެޕާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑުން.
  • މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބޭންކުން ކުރަމުންދާކަން ހާމަކުރުން.
  • ދިމާވި ދަތިތަކަށް ބޭންކުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދުން.
  • ޚިދުމަތްތައް ބޭނުންނުކުރެވޭތާ 1 ގަޑިއިރަށްވުރެ ގިނައިރު ވެފައިވުން.
  • ސޯޝަލް މީޑިއާގައި އާންމުން މިކަމުގެ ކަންބޮޑުވުން ފާޅުކުރުން.

ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެއެވެ.

'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބިއެމްއެލްއިން ބުނީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.

ބީއެމްއެލްގެ އެޕާއި އޮންލައިން ޚިދުމަތް ބޭނުން ނުކުރެވޭތާ އެއް ގަޑިއިރަށް ވުރެ ގިނައިރު މިހާރު ވަނީ ވެފައެވެ.

އެގޮތުން ޚިދުމަތްތައް ބޭނުންނުކުރެވޭކަން، ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް