މަޝްހޫރު ފިލްމު 'ކަބީ އަލްވިދާ ނާ ކެހެނާ' ސީރީޒް އަކަށް ބަދަލުކުރަނީ

ފިލްމު "ކަބީ އަލްވިދަ ނާ ކެހެނާ"ގެ ލީޑް ތަރިން ފެންނަ ޕޯސްޓަރެއް-ފޮޓޯ/ފޭސްބުކް

ދަރްމާ ޕްރޮޑަކްޝަންސްއިން 2006 ވަނަ އަހަރު ނެރުނު މަޝްހޫރު ހިންދީ ފިލްމު 'ކަބީ އަލްވިދާ ނާ ކެހެނާ' ވެބް ސީރީޒްއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަން އެ ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ހާމަކޮށްފިއެވެ. ކަރަން މިކަން ކަށަވަރުކޮށްދީފައިވަނީ މުނިފޫހިފިލުވުމުގެ މަޖައްލާ 'ދަ ވީކް' އަށް ދިން އިންޓަވިއުއެއްގައެވެ. މި ސީރީޒް އުފެއްދުމަށްޓަކައި މަޝްހޫރު އޯޓީޓީ ޕްލެޓްފޯމަކާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާކަމަށް އޭނާ ބުނެފައިވެއެވެ. ޝާހްރުކް ޚާން، ރާނީ މުކަރްޖީ، އަބީޝެކް ބައްޗަން އަދި ޕްރިތީ ޒިންތާ ލީޑު ރޯލު ކުޅެފައިވާ މި ފިލްމަކީ ރިލީޒްކުރި ދުވަސްވަރު ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

  • ކަބީ އަލްވިދާ ނާ ކެހެނާ ވެބް ސީރީޒްއަކަށް ބަދަލުކުރާކަން ކަރަން ޖޯހަރު ހާމަކުރުން.
  • މި ސީރީޒް ގެނެސްދިނުމަށް މަޝްހޫރު އޯޓީޓީ ޕްލެޓްފޯމަކާއެކު މަޝްވަރާކުރަމުންދިއުން.
  • މި ފިލްމަކީ ފާޑުކިޔުންތަކާއެކުވެސް ވިޔަފާރީގެ ގޮތުން ކާމިޔާބު ހޯދި ފިލްމެއްކަން.
  • ވަރަށް އަވަހަށް މި ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނާނެކަމުގެ ޔަގީންކަން ދިނުން.

ދަރުމާ ޕްރޮޑަކްޝަންސްއިން 2006 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ކަބީ އަލްވިދަ ނާ ކެހެނާ" ސީރީޒްއަކަށް ބަދަލުކުރަން ނިންމާފައިވާކަން އެ ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ހާމަކޮށްފިއެވެ.

ކަރަން މިކަން ކަށަވަރުކޮށްދީފައި ވަނީ، ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ. ޝާހްރުކް ޚާން، ރާނީ މުކަރްޖީ، އަބީޝެކް ބައްޗަން އަދި ޕްރިތީ ޒިންތާ ފަދަ މަޝްހޫރު ތަރިން މުހިއްމު ރޯލްތަކުން ފެނުނު 2006 ވަނަ އަހަރުގެ މި ފިލްމު ރިލީޒްކުރުމާއެކު، ކައިވެނިން ބޭރުގެ ގުޅުންތަކަށް ހިތްވަރުދޭ ފިލްމެއްގެ ގޮތުގައި ސިފަކޮށް، ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އެ ދުވަސްވަރު ކަރަންއަށް އަމާޒުވިއެވެ.

ނަމަވެސް، އެ ފާޑުކިޔުންތަކާއެކު ވެސް މި ފިލްމަށް ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ލިބުނުއިރު، ފާއިތުވި އަހަރުތަކުގައި ފިލްމުގެ ތަރިން ދައްކުވައިދިން ހުނަރުވެރި އެކްޓިންގަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ފިލްމު "ކަބީ އަލްވިދަ ނާ ކެހެނާ"ގެ މަންޒަރެއްގައި ޝާހްރުކް ޚާން އަދި ރާނީ މުކަރުޖީ-ފޮޓޯ/ފޭސްބުކް

މުނިފޫހިފިލުވުމުގެ މަޖައްލާއެއް ކަމަށްވާ "ދަ ވީކް"އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ، މި ފިލްމު މިހާރު ވެބް ސީރީޒްއަކަށް ބަދަލުކުރަމުންދާ ކަމަށެވެ.

ކަރަން އިތުރަށް ބުނި ގޮތުގައި، އޭނާގެ ފިލްމު ކުންފުނި "ދަރްމާ ޕްރޮޑަކްޝަންސް"އިން މިހާރު ދަނީ މަޝްހޫރު އޯޓީޓީ ޕްލެޓްފޯމަކާ ގުޅިގެން މި ސީރީޒް އުފެއްދުމުގެ މަޝްވަރާތައް ކުރަމުންނެވެ. ވަކި ޕްލެޓްފޯމެއްގެ ނަން މިވަގުތު ހާމަނުކުރި ނަމަވެސް، ވަރަށް އަވަހަށް މި ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ލިޔެ ޑައިރެކްޓްކުރި މި ފިލްމުގައި އަމީތާބް ބައްޗަން، ކިރަން ކޭރު، އަހްސާސް ޗަންނާ، އަރުޖުން ރާމްޕާލް އަދި ސައިރާ މޯހަން ފަދަ ތަރިން ވެސް މުހިންމު ރޯލްތައް ކުޅެފައިވެއެވެ.

ކަރަން އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ އާލިއާ ބަޓް އަދި ރަންވީރު ސިންގް ލީޑް ރޯލްތަކުން ފެނުނު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އެވެ.

comment ކޮމެންޓް