މީހެއްގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ މީހަކާއި އިތުރު މީހަކު ޝަރުތުތަކާއެކު ދޫކޮށްލައިފި

އަޙްމަދު ޒަޔާން އަދި ޙުސައިން އިޔާދު: އެ ދެމީހުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައި -- ފޮޓޯ/ ފުލުހުން

މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެމީހާއަށް ބޮޑެތި އަނިޔާތަކެއްދީ އިނގިލި ބުރިކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ކޯޓުން ދޫކޮށްލައިފިއެވެ. އޭނާއާއި އިތުރު މީހަކު ހުޅުމާލެއިން މާރިޗު މަހުގެ އަށާރަ ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ހަތަރެއް ގުރާމުގެ މަސްތުވާތަކެއްޗާއެކުގައެވެ. ކޯޓުން މިހާރު ވަނީ ޝަރުތުތަކަކާއެކު މި ދެ މީހުންވެސް ބަންދުން ދޫކޮށްލާފައެވެ. ދޫކޮށްލާފައިވާ އަޙްމަދު ޒަޔާންއަކީ ރަހީނުކުރި މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ސިފައިންގެ މީހެކެވެ.

  • މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ މީހަކު ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލައިފި.
  • ދޫކޮށްލާފައިވަނީ ލ. ގަން، އަޙްމަދު ޒަޔާން އަދި ރ. މަޑުއްވަރި، ޙުސައިން އިޔާދު.
  • މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާރިޗު މަހު މަސްތުވާތަކެތީގެ ޕެކެޓުތަކަކާއެކު ހުޅުމާލެއިން.
  • އަޙްމަދު ޒަޔާންއަކީ ރަހީނުކުރި މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ސިފައިންގެ މީހެއް.

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

އޭނާއާއެކު އިތުރު މީހަކު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މާރިޗު މަހު ހައްޔަރު ކޮށްފައެވެ. އެ ދެ މީހުން ވެސް ޝަރުތުތަކާއެކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެ މައްސަލައިގައި ދޫކޮށްލި އެކަކަކީ މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ވެސް ހިމެނޭ މީހެކެވެ.

ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށް، 143.4 ގުރާމުގެ ބަރުދަން ހުރި، 87 ރަބަރު ޕެކެޓާއެކު ހައްޔަރު ކުރި ދެ މީހުންނަކީ:

  • ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ)
  • ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ)

މި ދެ މީހުން ހައްޔަރު ކުރީ މާރިޗު މަހުގެ 18 ގައެވެ. އެފަހުން ދެ މީހުން ދޫކޮށްލީ އިއްޔެއެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މި ދެ މީހުންގެ ތެރެއިން، ޒަޔާންއަކީ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މަހެއް ވަންދެން ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އެކިކަހަލަ ޖިސްމާނީ އަނިޔާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ގްރޫޕެއްގައި ހިމެނޭ ސިފައިންގެ މީހެކެވެ. ފިރިހެނަކު ރަހީނުކޮށް އޭނާގެ އިނގިލި ވެސް އޭރު ބުރިކޮށްލި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މައްސަލައިގައި ޒަޔާން ސިފައިންގެ ވަޒީފާއިން ސަސްޕެންޑް ވެސް ކުރިއެވެ.

https://sun.mv/209949

ފުލުހުން އެ މައްސަލައިގެ ތަހުގީގު ފެށީ އަނިޔާ ލިބުނު މީހާ ބޮޑެތި ޒަޚަމްތަކަކާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން، އެތަނުގެ ޑިއުޓީގައި ތިބި ފުލުހުންގެ ސަމާލުކަމަށް އެކަން އައި ހިސާބުންނެވެ. އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ މަންމައެވެ.

އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެ މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގި ކަމުގެ ޒަޚަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެއެވެ.

comment ކޮމެންޓް