މިދިޔަ އަހަރުގެ ނިޔަލަށް ޖޫރިމަނާ އަރައިފައިވާ ފެން ބިލުތައް ދެއްކުމުން، ޖޫރިމަނާ މާފުކޮށްދެނީ

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ: މިދިޔަ އަހަރުގެ ނިޔަލަށް ޖޫރިމަނާ އަރައިފައިވާ ފެން ބިލުތައް ދެއްކުމުން، ޖޫރިމަނާ މާފުކޮށްދޭން ވަނީ ނިންމައިފައި -- ފޮޓޯ/ އެމްޑަބްލިޔުއެސްސީގެ

އެމްޑަބްލިޔުއެސްސީން ވަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ނުދައްކައިވާ ފެން ބިލުތަކުގެ ފައިސާ ދެއްކުމުން އެ ބިލުތަކަށް އަރައިފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ނިންމައިފައެވެ. މި ނިންމުމުގެ ސަބަބުން ގޭބިސީތަކަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

  • މިދިޔަ އަހަރުގެ ނިޔަލަށް ފެން ބިލުތަކަށް އަރައިފައިވާ ޖޫރިމަނާ މާފުކުރުން.
  • ބިލުގެ އަސްލު އަދަދު ދެއްކުމުން ޖޫރިމަނާ އުނިކުރެވޭނެކަން ހާމަކުރުން.
  • ގޭބިސީތަކަށާއި ވިޔަފާރިތަކަށް މިކަމުގެ ލުއިފަސޭހަ ލިބިގެންދާނެކަން.
  • ކަސްޓަމަރުންނަށް ދަރަނިތައް ޚަލާޞްކުރުމަށް ރަނގަޅު ފުރުޞަތެއް ލިބުން.

މިދިޔަ އަހަރުގެ ނިޔަލަށް ޖޫރިމަނާ އަރައިފައިވާ ފެން ބިލުތައް ދެއްކުމުން، އެ ބިލުތަކަށް އަރައިފައިވާ ޖޫރިމަނާ މާފުކޮށްދޭން ނިންމައިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން މިއަދު ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމަރުންނަށް ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް އަނެއްކާވެސް ނިންމަވާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ، ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، މިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭނެ ކަމަށެވެ. އެގޮތުން، ޖޫރިމަނާ މާފުކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ މި އަހަރުގެ ނިޔަލަށް ދައްކައި ޚަލާސްކުރުމުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މީގެއިތުރުން، ޖޫރިމަނާ އަރައިފައިވާ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް، އެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައި ދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އެގޮތުން މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ވެސް ޖޫރިމަނާ މާފުކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ޚަލާސްކުރުމުންކަން ކުންފުނިން ފާހަގަކުރިއެވެ.

އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ [email protected] އަށް އީ-މެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައެވެ.

"ވީމާ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ." އެމްޑަބްލިއުއެސްސީގެ ބަޔާނުގައިވެއެވެ.

https://sun.mv/219984

އެކި ސަރުކާރުތަކުގައި ޖޫރިމަނާތައް މާފު ކުރަމުން ދިޔުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. މި ސަރުކާރުންވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކަށް ނުދައްކާ ހުރި ކުލީގެ ޖޫރިމަނާތަކާއި ހިޔާ ފްލެޓުތަކުން ކުލި ނުދައްކައިގެން އަރައިފައިވާ ޖޫރިމަނާތައް މާފުކޮށް، މާލެހިޔާއާއި ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކުރުމަށް ވެސް ނިންމައިފައެވެ.

comment ކޮމެންޓް