ނިމުނު ހަފުތާގައި މާލެއާއި ބުރިޖުގައި 50 އެކްސިޑެންޓް

މާލޭގެ މަގެއް: ނިމުނު ހަފުތާގައި މާލެއާއި ބުރިޖުގައި 50 އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް މާލެ، ބުރިޖު އަދި ހައިވޭގައި ޖުމްލަ ފަންސާސް އެކްސިޑެންޓު ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލޭގައެވެ. މާލޭގައި ތިރީސް ހަ އެކްސިޑެންޓް ހިނގާފައިވާއިރު، އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. މި އެކްސިޑެންޓްތަކުގައި ގިނައިން ހިމެނެނީ ސައިކަލުތަކެވެ. މި ހާދިސާތަކުގައި ސާޅީސް ނުވަ މީހަކަށް ކުދި އަނިޔާ ލިބިފައިވާއިރު އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. މިއަހަރުގެ މިހާތަނަށް ތިންހާސް ހަސަތޭކަ ފަންސާސް މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން ނުވަސަތޭކަ އަށްޑިހަ އަށް އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަވާއިދުތަކަށް ބޯލަނބައި، ފަރުވާތެރިކަމާއެކު ދަތުރުފަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

  • ފާއިތުވި ހަފުތާގައި މާލެ ސަރަހައްދުގައި 50 އެކްސިޑެންޓް ހިނގާފައިވުން
  • އެންމެ ގިނަ އެކްސިޑެންޓް މާލޭގައި ހިނގާފައިވާއިރު އަންގާރަ ދުވަހު 12 ހާދިސާ ހިނގާފައިވުން
  • ގިނަ އެކްސިޑެންޓްތަކުގައި ސައިކަލު ހިމެނޭކަމަށް ފުލުހުން ރިޕޯޓުކޮށްފައިވުން
  • އެކްސިޑެންޓްތަކުގައި 49 މީހަކަށް ކުދި އަނިޔާ އަދި އެކަކަށް ސީރިއަސް އަނިޔާ ލިބިފައިވުން
  • މިއަހަރުގެ މިހާތަނަށް 988 އެކްސިޑެންޓް ރިޕޯޓުކޮށްފައިވުން

ނިމުނު ހަފުތާގައި މާލެއާއި ބްރިޖު ހައިވޭގައި 50 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މިދިޔަ އާދިއްތައިން ހޮނިހިރު ދުވަހުގެ ނިޔަލަށް، މާލެއާއި ބްރިޖާއި ހައިވޭގައި ހިނގި 50 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލޭގައި ކަމަށާއި މާލޭގައި ޖުމްލަ 36 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ދުވަހު 12 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާއިރު ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ސައިކަލުތައް ހިމެނޭ އެކްސިޑެންޓުތައް ކަމަށާއި ދެ ސައިކަލު ޖެހިގެން 19 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލަކާއި ކާރެއް ޖެހިގެން 13 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާތަކުގައި 49 މީހަކަށް ކުދި އަނިޔާ ލިބިފައިވާއިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާކަމަށެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 3,650 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން 988 އެކްސިޑެންޓު މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ފުލުހުން ވަނީ އުޅަނދުތައް ދުއްވާ މީހުންނާއި ހިނގަބިނގާވެ އުޅޭ މީހުން ވެސް، މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި، ފަރުވާތެރިކަމާއެކު އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަކު އަނެކަކަށް އަޅާލައި، ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ދަތުރުފަތުރުކުރުމަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް