އެއް ދުވަހަށްވުރެ އަނެއް ދުވަހު ބޯނަސް ޑޭޓާ ގިނައިން ލިބޭ އުރީދޫ މޯލްޑިވްސްގެ "މޭ ދަ ފޯތު, މަގޭ ޕްލޭން ބޯނަސް ކެމްޕެއިން" ޕްރޮމޯޝަން މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.
އުރީދޫ މޯލްޑިވްސްއިން އިން ވަނީ މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިތުރު ޑޭޓާގެ ފައިދާ ހޯދުމަށް ކަސްޓަމަރުންނަށް ދައުވަތު އަރުވާފައެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ ހަމައެކަނި އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ކުރިއަށް ގެންދާ އެއްދުވަހަށް ވުރެ އަނެއް ދުވަހު ބޯނަސް ޑޭޓާ ގިނައިން ލިބޭ ޕްރޮމޯޝަނެކެވެ.
ކޮންމެ ދުވަހަކުވެސް ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ކެމްޕޭންއިން މިއަދު، މަގޭ ޕްލޭންތަކުން 25 އިންސައްތައިގެ ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށާއި މިއީ މި ކެމްޕޭންގައި ލިބޭ އެންމެ ބޮޑު ފައިދާ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ މިއީ ޑިޖިޓަލްކޮށް ފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.
މަގޭ ޕްލޭންތަކަކީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާއެކު ޕްލޭންތައް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭ ޕްލޭންތަކެކެވެ. މިހާރު މި ޕްލޭންތަކާއެކު ވަގުތީ ގޮތުން އިތުރު ފައިދާތައް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އަދި މި ބޯނަސްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް، ޕްރޮމޯޝަން ނިމުމުގެ ކުރިން އުރީދޫ ސުޕަ އެޕް މެދުވެރިކޮށް މަގޭ ޕްލޭންތައް އެކްޓިވޭޓް ކުރުމަށް އުރީދޫއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.