ލަވަކިޔުންތެރިޔާ ޖުބީން ކައިވެނިކޮށްފި

ޖުބީން ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/އިންޑިއާޓީވީ

އިންޑިއާގެ މަޝްހޫރު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ ޖުބީން ނައުޓިޔާލް އޭނާގެ ދުވަސްވީ ލޯބިވެރިޔާއާ ކައިވެނިކޮށްފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖުބީންގެ އަންހެނުންނަކީ ކުޑައިރުއްސުރެ އޭނާގެ ހަޔާތުގައި ޚާއްސަ މަގާމެއް ދެވިފައިވާ ރިޗާ ޗަންދޭލްއެވެ. އުއްތަރުކާންދުގައި ބޭއްވި މި ކައިވެނީގެ ހަފުލާއަކީ ހަމައެކަނި ދެ ފަރާތުގެ އާއިލާ ބައިވެރިވި ވަރަށް ކުޑަ އަދި އާދައިގެ ރަސްމިއްޔާތެކެވެ. ޖުބީންއަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުކުރާ ފަންނާނަކަށްވީ ނަމަވެސް، ވަރަށް އަވަހަށް އަންހެނުން މީޑިއާއަށް ތައާރަފުކުރާނެ ކަމަށް ބެލެވެއެވެ.

  • ޖުބީން ނައުޓިޔާލް އޭނާގެ ދުވަސްވީ ލޯބިވެރިޔާއާ ކައިވެނިކުރުން.
  • ކައިވެނީގެ ރަސްމިއްޔާތު އުއްތަރުކާންދުގައި ވަރަށް ސިއްރުވެރިކޮށް ބޭއްވުން.
  • ޖުބީންގެ އަންހެނުންނަކީ ރިޗާ ޗަންދޭލް ކަމަށް މީޑިއާތަކުން ރިޕޯޓުކުރުން.
  • ވަރަށް އަވަހަށް އަންހެނުން ރަސްމީކޮށް މީޑިއާތަކަށް ތައާރަފުކުރާނެ ކަމަށް ބެލެވުން.

އިންޑިއާގެ މަޝްހޫރު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ ޖުބީން ނައުޓިޔާލް ކައިވެނިކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖުބީން ކައިވެނިކޮށްފައިވަނީ ޒަމާންތަކެއްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާއާ ކަމަށެވެ.

ޖުބީންއަކީ އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަން އަބަދުވެސް މީޑިއާތަކަށް ހާމަނުކޮށް ވަރަށް ޕްރައިވެޓް ދިރިއުޅުމެއްގައި އުޅެމުން އަންނަ ފަންނާނަކަށްވާތީ މިހާތަނަށް އަންހެނުންނާ ބެހޭ އެއްވެސް މައުލޫމާތެއް އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް, ބައެއް މީޑިއާތަކުން ބުނެފައިވާގޮތުގައި ޖުބީންގެ ދުވަސްވީ ލޯބިވެރިޔާ އަދި މިހާރުގެ އަނބިމީހާގެ ނަމަކީ ރިޗާ ޗަންދޭލްއެވެ.

މި އަންހެން ކުއްޖާއަކީ ކުޑައިރުއްސުރެން ފެށިގެން ވެސް ޖުބީންގެ ދިރިއުޅުމުގެ ވަރަށް ޚާއްސަ މަގާމެއް ދެވިފައިވާ ކުއްޖެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ޖުބީން ކޮންސެޓެއްގައި ލަވައެއް ހުށަހަޅައިދެނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޖުބީންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ އުއްތަރުހާންދުގައެވެ. ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ ވެސް ވަރަށް ކުޑަ ހަފުލާއަކާ އެކު ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މެންބަރުންގެ ބައިވެރިވުމާ އެކު ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖުބީން ވަރަށް އަވަހަށް އޭނާގެ އަންހެނުން ރަސްމީކޮށް މީޑިއާތަކަށް ތައާރަފުކުރާނެއެވެ. ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖުބިންގެ ފާހަގަކޮށްލެވޭ ލަވަތަކުގެތެރޭ، ފިލްމު "ޝޭރްޝާހް"އަށް ކިޔައިދިން 'ރާތަން ލަމްބިޔާން'، 'ލުޓް ގައޭ'، 'ތުމް ހީ އާނާ' އަދި 'ސުނާ ހޭ'ގެ އިތުރުން 'ގަޒަބް ކާ ހެ ދިން' ހިމެނެއެވެ.

comment ކޮމެންޓް