"ހިލޭ ޓެކްސީ ކުރަނީ އެމްޓީސީސީ ޓެކްސީ އެޕް އަދިވެސް ނުނިމޭތީ"

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ --

މާލޭގައި ސަރުކާރުން ފަށާފައިވާ ޓެކްސީ ލައިނުގެ ޚިދުމަތް ފެށިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ޚިދުމަތް އަދިވެސް ހިލޭ ދެމުން އަންނަނީ އެމްޓީސީސީން ހަދާ ޓެކްސީ އެޕްލިކޭޝަން ނުނިމޭތީކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ޚިދުމަތް ފެށިއިރުވެސް ވެބް އެޕްލިކޭޝަން ނިމިފައިނުވާއިރު، އެޕް ނިމޭނެ ތާރީޚެއްވެސް ނޭނގެއެވެ. މީގެ އިތުރުން، އެޕް ހެދުމަށް ބޮޑު އަގެއްގައި ސިއްރުން ބަޔަކާ ހަވާލުކޮށްފައިވާކަމުގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދެއެވެ. އަދި ކޯލް ސެންޓަރުގެ ނަންބަރަށް ގުޅައިގެން ޚިދުމަތް ހޯދުމުގައި އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާކަމުގެ ޝަކުވާތައްވެސް ވަނީ އިތުރުވެފައެވެ.

  • ސަރުކާރުގެ ޓެކްސީ ޚިދުމަތް އަދިވެސް ދެނީ ހިލޭ
  • އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ނިމޭނެ ތާރީޚެއް ނޭނގޭ
  • އެޕް ހަދަން ހަވާލުކުރީ ބޮޑު އަގެއްގައި ކަމަށް ތުހުމަތުކުރޭ
  • ކޯލް ސެންޓަރަށް ގުޅައިގެން ޓެކްސީ ހޯދުމުގައި އާންމުންނަށް ދަތިތަކެއް

މި ހިނގާ އޭޕްރިލް މަހުގެ ކުރީކޮޅު ސަރުކާރުން މާލޭގައި ފެށި ޓެކްސީ ލައިނުގެ ޚިދުމަތަށް ހަފުތާއެއް ފާއިތުވެގެން ދިޔައިރު، އެ ޚިދުމަތް އަދިވެސް ހިލޭ ދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެކަމަށް ޚާއްސަކޮށް ހަދާ އެޕް ނުނިމޭތީ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ޚިދުމަތް އިފުތިތާހުކުރި ރޭ ވަނީ، ޚިދުމަތް ހޯދުމަށް 1655 ނަންބަރަށް ގުޅޭނެ ކަމަށާއި، އަދި އެ ކަމަށް ޚާއްސަ ވެބް އެޕްލިކޭޝަން maletaxi.web.app އިން ވެސް ޓެކްސީ ނެގޭނެ ކަމަށް ބުނެފައެވެ.

ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި، މި ޚިދުމަތް އެންމެ ފުރަތަމަ ފެށިއިރު ވެސް މި ކަމަށް ޚާއްސަ އެ ވެބް އެޕްލިކޭޝަން ނިމިފައެއް ނުވެއެވެ. އަދި މިހާރު އެ ޚިދުމަތް ފެށިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެޕްލިކޭޝަން ނިމޭނެ ތާރީޚެއް ވެސް ނޭނގެއެވެ.

އަދި ހިލޭ ޓެކްސީ ދަތުރުކުރެވޭ އެއް ހަފުތާގެ މުއްދަތު ނިމުނުއިރު އަދިވެސް ހިލޭކޮށްފައި އޮތީ އެހެންވެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

https://sun.mv/220482

މި ކަމުގައި އެމްޓީސީސީގެ ރަސްމީ ބަހެއް ހޯދަން ސުވާލުކުރުމުން އަދި ޖަވާބެއް ނުލިބެއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެމްޓީސީސީގެ ޓެކްސީ އެޕް ހަދަން ބަޔަކާ ހަވާލުކޮށްފައިވަނީ، އެފަދަ އެޕެއް ހެދޭ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގެއްގައެވެ. އަދި އެ މުއާމަލާތަކީ ވާދަވެރި އެހެން ވިޔަފާރިތަކަށް އެނގުމެއް ނެތި އެމްޓީސީސީން ސިއްރުން ހިންގި މުއާމަލާތެއްކަމަށް ބުނެ ވެސް އަންނަނީ ތުހުމަތުކުރަމުންނެވެ.

ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ، 1655 ނަންބަރަށް ގުޅައިގެން ލައިނުގައި ގިނައިރު މަޑުކުރަން ޖެހުމުގެ ޝަކުވާ ވެސް ކުރަމުންނެވެ. އަދި ޓެކްސީ ހޯދަން ދަތިކަމަށް ވެސް ބުނެއެވެ.

comment ކޮމެންޓް