ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީ

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ހޯދާ މީހާ -- ފޮޓޯ/ ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. މިއީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެ މީހާ ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖެއް އާންމުކޮށް، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ.

  • ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި.
  • ހޯދަމުންދާ މީހާ ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖެއް އާންމުކޮށްފި.
  • މިއީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއް.
  • މައުލޫމާތެއް ލިބިފައިވާނަމަ ނަންބަރު 9393351 އަށް ގުޅުމަށް އެދިފައިވޭ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި ހޯދަމުންދާ މީހާ ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖެއް ވެސް އާއްމުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި އެ ވީޑިއޯއިން ފެންނަ މީހާއަކީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހެކެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް އިންވެސްޓިގެޝަންގެ ނަންބަރު 9393351 ގުޅައި ހިއްސާކުރުމަށް ވަނީ އެދިފަވެ.

މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް