ސިމެންތީގެ އަގު ދަށް ވާން ފަށައިފި

ވިލާގެ ސިމެންތި އަގު ހެޔޮ ކޮށްފި --- ފޮޓޯ/ ވިލާ

ފަހަކަށް އައިސް ރާއްޖޭގެ ބާޒާރުގައި ވަރަށް ބޮޑަށް އުފުލުނު ސިމެންތީގެ އަގު މިހާރު ވަނީ ދަށަށް ދާން ފަށާފައެވެ. ވިލާ ކުންފުނިން ސިމެންތި ބަސްތާއެއް މާލެއަށް ޑެލިވަރީކޮށްދޭ އަގު 200 ރުފިޔާއަށް ކުޑަކޮށްފައިވާއިރު، ތިލަފުށިން ގަންނަން ލިބެނީ 184 ރުފިޔާއަށެވެ. މީގެ އިތުރުން، އެސްޓީއޯއިން ސިމެންތި ބަސްތާއެއް 129 ރުފިޔާއަށް ކަނޑައަޅާފައިވީ ނަމަވެސް، އާ އޯޑަރުތައް ނެގޭނީ ފަސް ދުވަސް ފަހުންނެވެ. އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ސިމެންތީގެ އަގު 300 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރުގެ ފްރައިޓް ކޯސްޓް ބޮޑުވުމާ ގުޅިގެންނެވެ. ހަމައެހެންމެ، މޯލްޑިވް ގޭސްގެ ސްޓޮކަށް ކުރިމަތިވި މައްސަލަތައްވެސް މިހާރު ވަނީ ޙައްލުކުރެވިފައެވެ.

  • ސިމެންތީގެ އަގު އުފުލުމަށްފަހު އަލުން ދަށަށް ދާން ފަށައިފި
  • ވިލާ ކުންފުނިން މާލެއަށް ޑެލިވަރީކޮށްދޭ އަގު 200 ރުފިޔާއަށް ދަށްކޮށްފި
  • އެސްޓީއޯގެ ސިމެންތި ބަސްތާއެއް 129 ރުފިޔާއަށް، ނަމަވެސް އޯޑަރު ނެގޭނީ ފަސް ދުވަސް ފަހުން
  • އަގު އުފުލެން މެދުވެރިވީ ދުނިޔޭގެ ހަނގުރާމަތަކާ ގުޅިގެން ފްރައިޓް ކޯސްޓް ބޮޑުވުމުން
  • ގޭސް ސްޓޮކަށް ދިމާވި މައްސަލަތައްވެސް މިހާރު ވަނީ ޙައްލުވެފައި

މި ފަހުން ރާއްޖޭގެ ބާޒާރުގައި ވަރަށް ބޮޑަށް އަގު އުފުލުނު ސިމެންތީގެ އަގު ކުރިއަށް ވުރެން ދަށަށް ދާން ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވިލާ ކުންފުނިން މާލެއަށް ސިމެންތި ބަސްތާއެއް ޑެލިވަރީކޮށްދޭ އަގު ވަނީ 200 ރުފިޔާއަށް ކުޑަކޮށްފައެވެ.

ވިލާ ކުންފުނިން ވިއްކާ ސިމެންތި ތިލަފުށިން ގަންނަނަމަ މިހާރު ލިބެން ހުރީ ބަސްތާއެއް 184 ރުފިޔާއަށެވެ.

މީގެ އިތުރުން، ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ސިމެންތި ބަސްތާއެއް 129 ރުފިޔާއަށް ވިއްކަން ކަނޑައަޅާފައިވީ ނަމަވެސް، އެ ކުންފުނިން ބުނެފައިވަނީ އާ އޯޑަރުތައް ނެގޭނީ ފަސް ދުވަސް ފަހުން ކަމަށެވެ. އެހެންކަމުން މި ވަގުތު އެސްޓީއޯއިން އޯޑަރެއް ނުނަގައެވެ.

https://www.sun.mv/219986

ސިމެންތީގެ އަގު މިހާރު ދަށަށް ގޮސްފައިވާއިރު، މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު ހުރީ 300 ރުފިޔާއަށްވުރެ މަތީގައެވެ. އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މާޗު މަހު 250 ރުފިޔާއަށް އެރުމަށްފަހު، ވިލާއިން މާލެއަށް ޑެލިވަރީކޮށްދޭ އަގު 313 ރުފިޔާއަށް އަދި ތިލަފުށިން ވިއްކާ އަގު 302 ރުފިޔާއަށް އުފުލުނެވެ. އެ ދުވަސްވަރު އެސްޓީއޯއިން ސިމެންތި ލިބޭކަށް ނެތެވެ.

ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި ސިމެންތީގެ އަގު ކުއްލިއަކަށް އުފުލެން ދިމާވީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރުގެ ފްރައިޓް ކޯސްޓް ބޮޑުވުމާ ގުޅިގެންނެވެ. ސަޕްލައި ޗޭންއަށް އައި މި ބަދަލުތަކުގެ އަސަރު އެހެން ބާވަތްތަކަށްވެސް ކުރިއެވެ.

އެގޮތުން ދާދިފަހުން އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްގެ ސްޓޮކް މަދުވެ، ވިލާއިން ގޭސް ގަނެގެން ލިމިޓްކޮށްގެން ވިއްކަންޖެހުނެވެ. ނަމަވެސް ފަހުން އެ މައްސަލަ ހައްލުވެ، އާންމު އުސޫލުން ގޭސް ވިއްކަން ވަނީ ފަށާފައެވެ.

comment ކޮމެންޓް