އައްޑޫގައި މަސް ޕްރޮސެސްކުރާ ފެސިލިޓީ ހުޅުވައިފި

އައްޑޫ އަތޮޅު ހުޅުމީދޫގައި ގާއިމުކުރި، މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފި: ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެކަމަށް މިފްކޯއިން ވަނީ ބުނެފައި -- ފޮޓޯ/ މިފްކޯ

އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމުކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ. މި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފެވެ. މިފްކޯއިން ބުނާ ގޮތުގައި މިއީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމަށް އަމާޒުކޮށްގެން، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރި ތަނެކެވެ. މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް އިތުބާރު ހިފޭ އުފެއްދުންތަކެއް ލިބި، މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް މިފަދަ ފެސިލިޓީތައް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

  • މި ފެސިލިޓީ ހުޅުވީ އައްޑޫ ސިޓީގެ ހުޅުމީދޫގައެވެ.
  • މަސް ޕްރޮސެސްކުރުމަށް ބޭނުންކުރަނީ ބްލާސްޓް ފްރީޒިންގ މެތަޑެވެ.
  • މި ތަން އިމާރާތްކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެމްއީސީންނެވެ.
  • މި މަޝްރޫޢުގެ ދަށުން ތާ އަތޮޅު ހިރިލަންދޫ އަދި ގާފު ދާލު ތިނަދޫގައިވެސް ފެސިލިޓީތައް ގާއިމުކުރާނެއެވެ.

އައްޑޫ ސިޓީ، ހުޅުމީދޫގައި ގާއިމުކުރި، މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފިއެވެ.

މި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އާމިނަތު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުޙަތު ޝަހީރާއި މިފްކޯގެ އިސްވެރިންނާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ މިއީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގުސަދުގައި، ގާއިމްކުރި ފެސިލިޓީއެއް ކަމަށެވެ. އެގޮތުން އައްޑޫގައި މަސް ޕްރޮސްކުރާ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއް ލިބި، މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައްޑޫ އަތޮޅު ހުޅުމީދޫގައި ގާއިމުކުރި، މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މިފްކޯ

މީގެ އިތުރުން މިފްކޯއިން ބުނި ގޮތުގައި މި ފެސިލިޓީން މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ 'ބްލާސްޓް ފްރީޒިން މެތަޑް'އެވެ. އެގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށާއި، ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑުއަތޮޅު ހުރިހާ ހިސާބަކުން މި ފެސިލިޓީގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

https://sun.mv/219501

އައްޑޫ ސިޓީގައި ގާއިމުކުރި މި ފެސިލިޓީ އަޅާފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއި ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގެ އިތުރުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖަކާއި ބްލާސްޓް ފްރީޒްކުރާނެ މަރުކަޒެއް ބިނާކުރުމާއި، ގދ. ތިނަދޫގައި މިފްކޯއިން މިހާރު ފަށާފައިވާ މަސްގަނެ ފިނިކޮށް ރައްކާކުރުމުގެ މަޝްރޫޢު އިތުރަށް ފުޅާކުރުމަށް ވެސް ނިންމާފައިވާކަމަށް މިފްކޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް