ކުރީގެ ރޭޓުގައި މަސްވެރިންނަށް ޑީސަލް ދޫކުރަން މިފްކޯއިން ނިންމައިފި

މަސް ދޯނިތަކެއް: ކުރީގެ ރޭޓުގައި މަސްވެރިންނަށް ޑީސަލް ދޫކުރަން މިފްކޯއިން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްތެލުގެ އަގު ބޮޑުކުރުމަށް އިއްޔެ ނިންމި ނިންމުން ބަދަލުކޮށް، ކުރީގެ ރޭޓުގައި ތެޔޮ ދޫކުރަން އެ ކުންފުނިން ނިންމައިފިއެވެ. މި ނިންމުމަކީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން އެސްޓީއޯއިން ތެލުގެ އަގަށް ގެނައި ބަދަލުތަކާއި ގުޅިގެން އައި ބަދަލެކެވެ. މަސްވެރިންނަށް "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ސަބްސިޑީ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާތީ، މިފްކޯއިން ވަނީ މަސްވެރިންނަށް ބޮޑު އަގުގައި ތެޔޮ ވިއްކުމުގެ ބަދަލުގައި، ކުރިންވެސް އޮތް ހެޔޮ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ނިންމާފައެވެ.

  • މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ކުރީގެ ރޭޓަށް ރުޖޫއަކުރުން.
  • އެސްޓީއޯގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންނަށް ސަބްސިޑީ ދިނުން.
  • "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން އަގުތައް ކަނޑައެޅުން.
  • ތިން ޓަނަށްވުރެ ގިނައިން މަސްކިރާ އުޅަނދުތަކަށް 16.04 ރުފިޔާގެ ރޭޓުން ތެޔޮ ލިބޭނެ މަގުފަހިވުން.

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްތެލުގެ އަގު ބޮޑުކުރުމަށް އިއްޔެ ނިންމުން ބަދަލުކޮށް، ކުރީގެ ރޭޓުގައި މަސްވެރިންނަށް ޑީސަލް ދޫކުރަން ސަރުކާރުގެ ކުންފުނި، މިފްކޯއިން މިއަދު ނިންމައިފިއެވެ.

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން އިއްޔެ އެސްޓީއޯއިން ވަނީ، ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ ރޭޓުތައް ބޮޑުކޮށްފައެވެ. ނަމަވެސް ރޭ ވަނީ އޭގެތެރެއިން އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކާއި، އެސްޓީއޯއިން ތެޔޮ ގަނެގެން ރަށްރަށުގައި ޝެޑް ހިންގާ އަމިއްލަ ވިޔަފާރިތައް އެ ބަދަލުން އިސްތިސްނާ ކުރަން ނިންމި ކަން ހާމަކޮށްފައެވެ.

ނަމަވެސް އެސްޓީއޯގެ ކުރީގެ ނިންމުމާ އެކު، މިފްކޯއިން ވެސް އިއްޔެ ވަނީ މަސްވެރި އޮޑިދޯނިފަހަރަށް މިފްކޯއިން ވިއްކާ ޑީސަލްތެޔޮ ލީޓަރެއްގެ އަގު ބޮޑުކޮށްފައެވެ. މިގޮތުން، މިފްކޯއަށް މަސްކިރާ މަސްދޯނިފަހަރަށް ލީޓަރެއް ވިއްކާ އަގު އިއްޔެ ބޮޑުކުރީ 27.24 ރުފިޔާއަށެވެ. އާންމު އެހެން ފަރާތްތަކަށް ވިއްކާ އަގުވަނީ 28.54 ރުފިޔާއަށް ބޮޑުކޮށްފައެވެ.

https://sun.mv/219279

ނަމަވެސް ރޭ އެސްޓީއޯއިން ގެނައި ބަދަލާއެކު، މަސްވެރިންނަށް "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

މިގޮތުން، މިހާރު މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭއިރު، ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި، އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.54 ރުފިޔާއަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން ވެސް ޑީސަލްތެލުގެ އަގު އެކަށީގެންވާ މިންވަރަކަށް ދަށްނުވުމާއި، އައިސް ލިބުމުގައި ވެސް ދަތިވުމުގެ ކަންބޮޑުވުން މަސްވެރިން ކުރިން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް