އެޑްވަޓޯރިއަލް: މުޅި ދުނިޔޭގައި އެންމެ ތެޔޮ ޚަރަދު ކުޑަ ވެއިޗާއީ ޖަނަރޭޓަރާއި އިންޖީނު ލިއޯ ސްޓޯރ އެންޑް ސަޕްލައިން

ލިއޯ ސްޓޯރ އެންޑް ސަޕްލައިއިން ޑިސްޓްރިބިއުޓް ކުރާ ވެއިޗާއީ ޖަނަރޭޓަރާއި އިންޖީނުތަކުން ޚަރަދު ކުޑަކޮށްދޭ --

މިއަދު ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ޚަރަދުތަކެއް ކުރަން މަޖުބޫރުވެފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައި ލިއޯ ސްޓޯރ އެންޑް ސަޕްލައިއިން ރާއްޖެއަށް ތައާރަފްކުރާ ވެއިޗާއީ ބްރޭންޑުގެ ޖަނަރޭޓަރުތަކާއި އިންޖީނުތަކަކީ ޚަރަދު ކުޑަކޮށް ހަކަތަ އުފެއްދުމަށް އޮތް އެންމެ ރަނގަޅު އެއް ހައްލެވެ. މި އުފެއްދުންތަކުގެ ސަބަބުން 30 ޕަސެންޓާ ހަމައަށް ތެޔޮ ޚަރަދު ކުޑަކުރެވޭއިރު، މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން، މި ވިޔަފާރިން ފޯރުކޮށްދޭ ފުރިހަމަ އާފްޓާ-ސޭލްސް ޚިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު މި ބްރޭންޑަށް ވަނީ ބޮޑުވެފައެވެ. އަސްލު ސްޕެއާޕާޓްސް ފަސޭހަކަމާއެކު ލިބެން ހުރުމާއި، ތަމްރީނު ލިބިފައިވާ ފަންނީ މާހިރުންގެ އެހީތެރިކަން ލިބުމަކީ މި އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

  • ވެއިޗާއީ އިންޖީނުތަކަކީ އެހެން އިންޖީނުތަކާ އަޅާބަލާއިރު 30 ޕަސެންޓާ ހަމައަށް ތެޔޮ ޚަރަދު ކުޑަކޮށްދޭ އުފެއްދުންތަކެކެވެ.
  • ލިއޯ ސްޓޯރ އެންޑް ސަޕްލައިއަކީ ރާއްޖޭގައި ވެއިޗާއީ ބްރޭންޑުގެ ހަމައެކަނި ރަސްމީ ޑިސްޓްރިބިއުޓަރެވެ.
  • ކަސްޓަމަރުންނަށް ބޭނުންވާ ފުރިހަމަ އާފްޓާ-ސޭލްސް ޚިދުމަތްތަކާއި އަސްލު ސްޕެއާޕާޓްސް ފަސޭހަކަމާއެކު ލިބެން ހުރެއެވެ.
  • ވެއިޗާއީއިން ތަމްރީނުކޮށް ސެޓްފިކެޓް ދީފައިވާ ފަންނީ މާހިރުންގެ އެހީތެރިކަން އަބަދުވެސް ކަސްޓަމަރުންނަށް ލިބެން ހުރެއެވެ.
  • މި އިންޖީނުތަކަކީ ކަނޑު އުޅަނދުފަހަރާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ހަކަތަ އުފައްދާ ސިނާއަތްތަކަށް ވަރަށް އެކަށޭނަ ބާރުގަދަ ވަސީލަތްތަކެކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ ތެޔޮ ބޭނުންކުރަންޖެހޭ މިންވަރު މަދުކުރުމެވެ. އެންމެ ގިނައިން ތެޔޮ ބޭނުންކުރަންޖެހެނީ އެއްގަމާއި ކަނޑުގައި ބޭނުންކުރާ ޖަނަރޭޓަރުތަކާއި އިންޖީނުތަކުގައެވެ.

ލިއޯ ސްޓޯރ އެންޑް ސަޕްލައިއިން ޑިސްޓްރިބިއުޓް ކުރާ ވެއިޗާއީ ޖަނަރޭޓަރާއި އިންޖީނުތަކަކީ ދުނިޔޭގައި މިވަގުތު އެންމެ ތެޔޮ ޚަރަދު ކުޑަ ޖަނަރޭޓަރާއި އިންޖީނުތަކެވެ. އެގޮތުން އެހެން ޖަނަރޭޓަރުތަކާއި އިންޖީނުތަކާ އަޅާ ބަލާއިރު 30 ޕަސެންޓާ ހަމައަށް ތެޔޮ ޚަރަދު ކުޑަކޮށްދެއެވެ.

ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން އިގުތިސާދީ ނުތަނަވަސްކަން އިތުރުވެ، ރާއްޖޭގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ވިޔަފާރިތަކުން މިހާރު އެންމެ އިސްކަމެއްދެނީ ޚަރަދު ކުޑަ އަދި އިތުބާރު ހިފޭ ހަކަތައިގެ ވަސީލަތްތައް ހޯދުމަށެވެ.

ވެއިޗާއީއަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ، އިތުބާރު ހިފޭ ބްރޭންޑެއް --

އެހެންކަމުން ލިއޯ ސްޓޯސް އެންޑް ސަޕްލައިއިން މިވަނީ މިކަމަށް ހައްލެއް، އުންމީދެއް ގެނެސްދީފައެވެ. އެއީ "ވެއިޗާއީ" އިންޖީނާއި ޖަނަރޭޓަރުތަކެވެ.

އެހެން އިންޖީނުތަކާ އަޅާބަލާއިރު ތެޔޮ ބޭނުންކުރާ މިންވަރު 30 އިންސައްތައާ ހަމައަށް ކުޑަކޮށްދޭ މި އިންޖީނުތަކަކީ، ރާއްޖޭގެ ބާޒާރުގައި މިހާރު ލިބެންހުރި އެންމެ ޚަރަދުކުޑަ އަދި އެންމެ އެފިޝަންޓް އުފެއްދުންތަކެވެ.

މިފަދަ ދަނޑިވަޅެއްގައި، "ވެއިޗާއީ" އިންޖީނުތަކަކީ ބާޒާރުގައި ހުރި އެންމެ ފައިދާހުރި އެއް ފުރުސަތަށް ވާއިރު، މި ބްރޭންޑުގެ އިންޖީނު ވިއްކުމަށް ކަނޑައަޅާފައިވާ ހަމައެކަނި ރަސްމީ ޑިސްޓްރިބިއުޓަރަކީ ވެސް ލިއޯ ސްޓޯސް އެންޑް ސަޕްލައިއެވެ.

ވެއިޗާއީ އަކީ މަތީ ފެންވަރުގެ ޑީސަލް އިންޖީނާއި، ކަނޑާއި އެއްގަމުގައި ބޭނުންކުރާ ޖަނަރޭޓަރު ސެޓުތަކުގެ އިތުރުން، ބަރު މެޝިނަރީޒް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ، އިތުބާރު ހިފޭ ބްރޭންޑެކެވެ.

ވެއިޗާއީ ޚިޔާރު ކުރުމުން، އެހެން ޖަނަރޭޓަރުތަކާއި އިންޖީނުތަކާ އަޅާ ބަލާއިރު 30 ޕަސެންޓާ ހަމައަށް ތެޔޮ ޚަރަދު ކުޑަކޮށްދޭ --

ވެއިޗާއީގެ އުފެއްދުންތަކަކީ އޭގެ ވަރުގަދަކަމާއި، ތެލަށް ކުރާ ހޭދަ ކުޑަވުމާއި، އެންމެ ފަހުގެ އިންޖިނިއަރިން ފަރުމާތަކުގެ ސަބަބުން ދަތުރުފަތުރާއި، ކަނޑުގެ އުޅަނދުފަހަރާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ހަކަތަ އުފައްދާ ސިނާއަތްތަކުގައި މުޅި ދުނިޔޭގައި ވެސް ބޮޑު އިތުބާރެއް ހޯދާފައިވާ އުފެއްދުންތަކެކެވެ.

ވެއިޗާއީގެ ރަސްމީ ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން، ލިއޯ ސްޓޯސް އެންޑް ސަޕްލައިއިން ކަސްޓަމަރުންނަށް ބޭނުންވާ ފުރިހަމަ އާފްޓާ-ސޭލްސް ސާވިސް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ވައިޗާގެ އަސްލު ސްޕެއާޕާޓްސް ރާއްޖެއިން ފަސޭހަކަމާއެކު ލިބެން ހުރުމާއި، ވެއިޗާއީއިން ތަމްރީނުކޮށް ސެޓްފިކެޓް ދީފައިވާ ފަންނީ މާހިރުންގެ އެހީތެރިކަން ލިބޭނެއެވެ. މިއީ ދެމެހެއްޓެނިވި ގޮތުގައި އިންޖީނުތަކުގެ ފެންވަރު ހިފެހެއްޓުމަށާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ލިބިގެންދާ ބޮޑު ޔަގީންކަމެކެވެ.

comment ކޮމެންޓް