ރ. ހުޅުދުއްފާރުގެ އިހްތިސޯސުގައި، އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނު އެގޮތަށް ނިންމަވާފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅުމަށް އެމަނިކުފާނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ގަރާރަކުން ކަމަށެވެ.
ސިނާޢީ ބޭނުމަކަށްޓަކައި ހުޅުދުއްފާރުގެ އިހްތިސޯސުން ގާއުނޑޫދޫ އުނިކުރީ އޮގަސްޓް 25، 2021 ގައެވެ.
އަދި ހުޅުދުއްފާރުގެ އިހްތިސޯސުން ގާއުނޑޫދޫ ވަކިކުރެވި ބޭނުންކުރެވެމުން ދިޔައީ ސިނާޢީ މަސައްކަތަކަށްޓަކައި މިނިސްޓްރީ އޮފް އެގްރިކަލްޗާގެ ބެލުމުގެ ދަށުންނެވެ.