އުރީދޫގެ 16 ވަނަ އުމްރާ ލިބުނީ، އައިމިނަތު މަލްޝާއަށް

އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ތެރެއިން، 16 ވަނަ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ކަށަވަރުވެއްޖެއެވެ. މި ޕްރޮމޯޝަންގެ ދަށުން އުމްރާ ދަތުރު ލިބިފައިވަނީ ށ. ގޮއިދޫ، އައިމިނަތު މަލްޝާއަށެވެ. މިއީ އުރީދޫން އެ ކުންފުނީގެ އަގުހުރި ކަސްޓަމަރުންގެ ޝުކުރުވެރިކަން ފާޅުކުރުމަށާއި، ކުންފުނީގެ 20 އަހަރުގެ ދިގު ދަތުރުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ހިންގާ ހަރަކާތެކެވެ. މި ޕްރޮމޯޝަންގެ ތެރޭގައި ޖުމްލަ 19 އުމްރާ ދަތުރާއި، ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހައްޖު ދަތުރެއް ހުށަހެޅިފައިވެއެވެ.

  • އުރީދޫގެ 16 ވަނަ އުމްރާ ދަތުރު ލިބުނީ ށ. ގޮއިދޫގެ އައިމިނަތު މަލްޝާއަށެވެ.
  • މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 19 އުމްރާ ދަތުރު ކަސްޓަމަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
  • ކެމްޕޭންގެ އެންމެ ހާއްސަ އިނާމަކީ ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމެވެ.
  • މި ޕްރޮމޯޝަންގައި ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.

އުރީދޫން ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގައި ދޫކުރާ 16 ވަނަ އުމްރާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިގޮތުން، އެ އުމްރާ ދަތުރު ލިބިފައި ވަނީ، ށ. ގޮއިދޫއަށް ނިސްބަތްވާ އައިމިނަތު މަލްޝާއަށެވެ. އެ އުމްރާ ދަތުރު، އުރީދޫން ވަނީ، މަލްޝާއާ ހަވާލުކޮށްފައެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން

  • ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެ
  • ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ދޭން ވަނީ ހަމަޖެހިފައި
  • މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ހައްޖު ދަތުރެއް

މި ޕްރޮމޯޝަންގައި ބައިވެރިވާނީ ކިހިނެއް؟

  • އުރީދޫ ކަސްޓާމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލު ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލު ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެ

ވިހި އަހަރުގެ ކުޑަ މުއްދަތުގައި އުރީދޫން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލުކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަންކުރަން ހިންގާ ކެމްޕޭނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް