މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހއ. ދިއްދޫ، ޝަރުމީމަންޒިލް މުހައްމަދު އަރީފު

ސްރީލަންކާގެ ރައްޔިތެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް ކަމުގެ ތުހުމަތުގައި ހއ. ދިއްދޫ، ޝަރުމީމަންޒިލް މުހައްމަދު އަރީފު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. އަރީފް މި ކުށަށް އިންކާރުކުރި ނަމަވެސް، އޭނާއަކީ ކުށުގެ ބޮޑު ރިކޯޑެއް އޮތް މީހެއްކަން ކޯޓު ރިކޯޑްތަކުން އެނގެއެވެ. މީގެ ކުރިން 2022 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ތިން އަހަރަށް ޖަލަށްލާފައިވެއެވެ. މީގެ އިތުރުން ވެސް އަމުރަށް ނުކިޔަމަންތެރިވުމާއި، ޖިނާއީ އެހެން މައްސަލަތަކުގައި ފުލުހުން އޭނާ ހޯދުމަށް މީގެ ކުރިން މަސައްކަތްކޮށްފައިވެއެވެ.

  • ސްރީލަންކާ މީހެއްގެ ރަން ފަށެއް ފޭރިގަތް މައްސަލައެއްގައި މީހަކު ހައްޔަރުކުރުން
  • ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ކަނޑައެޅުން
  • ތުހުމަތު ކުރެވޭ މީހާ އެ ކުށަށް އިންކާރުކުރުން
  • މަސްތުވާތަކެއްޗާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ޖިނާއީ ރިކޯޑު އޭނާގެ މައްޗަށް އޮތުން

އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތުމުގެ ތުހުމަތުގައި މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ލަންކާ މީހެއްގެ ރަން ފަށެއް ފޭރިގަތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ހއ. ދިއްދޫ، ޝަރުމީމަންޒިލް މުހައްމަދު އަރީފެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހައިފައެވެ.

އަރީފުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާވަނީ ރަން ފަށެއް ފޭރިފައެއް ނުވާނެ ކަމަށް ބުނެފައެވެ. އޭނާއަކީ ގިނަ އަދަދަކަށް ކުށުގެ ރިކޯޑް އޮންނަ މީހެއްކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ރިކޯޑްތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުރިން ހުކުމެއް އިއްވާފައިވެއެވެ. އެއީ ކެނެބިސް ބޭނުންކުރުމުގެ މައްސަލައެއްގައި 2022 ވަނަ އަހަރު އިއްވި ތިން އަހަރުގެ ހުކުމެކެވެ.

އޭގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއްގައި އޭނާ ކުރިން ހައްޔަރުކޮށްފައިވާކަން ވެސް ކްރިމިނަލް ކޯޓުގެ ރިކޯޑްތަކުން ދައްކައެވެ. އަދި، މިދިޔަ އަހަރުގެ ތެރޭގައި ޖިނާއީ މައްސަލައަކާ ގުޅިގެން އަރީފު ހޯދުމަށް ފުލުހުންވަނީ ފޮޓޯއާ އެކު އާއްމުވެސް ކޮށްފައެވެ.

comment ކޮމެންޓް