ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން 10 ބިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާއި ހަތިޔާރު އަތުލައިގަނެފި

ސްރީލަންކާގެ ކަނޑުގެ ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، އެ ގައުމުގެ ދެކުނު ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ މަސް ބޯޓަކުން 10 ބިލިއަން ސްރީލަންކާ ރުޕީސްއަށް ވުރެ އަގުބޮޑު މަސްތުވާތަކެއްޗާއި ނުރައްކާތެރި ހަތިޔާރުތަކެއް ވަނީ އަތުލައިގަނެފައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 654 ކިލޯގެ މަސްތުވާތަކެއްޗާއި، ގިނަ އަދަދެއްގެ ބަޑި އާއި ފިސްތޯލަ ހޯދާފައިވެއެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް ކަނޑުމަތިން އަތުލައިގަތް އެންމެ ގިނަ ހަތިޔާރު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް، ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.

  • 10 ބިލިއަން ރުޕީސްގެ އަގުހުރި 654 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުން
  • އަށް ފިސްތޯލައާއި، ދެ ޓީ-56 ރައިފަލް އަދި އެމް-16 ބަޑިއެއް ހިމެނޭހެން ގިނަ ހަތިޔާރުތަކެއް ފެނުން
  • މި މައްސަލައާ ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން
  • މިއީ ސްރީލަންކާގެ ތާރީހުގައި ކަނޑުމަތިން އަތުލައިގަތް އެންމެ ބޮޑު ހަތިޔާރުގެ ޝިޕްމަންޓް ކަމަށް ކަނޑައެޅުން

ސްރީލަންކާގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މަސްބޯޓަކުން 10 ބިލިއަން ސްރީލަންކާ ރުޕީސް (500 މިލިއަން ރުފިޔާ)އަށް ވުރެ އަގުބޮޑު މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ހަތިޔާރު އެ ގައުމުގެ ކަނޑުގެ ސިފައިން އަތުލައިގަނެފިއެވެ.

ސްރީލަންކާ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ޖުމްލަ 654 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 478 ކިލޯގެ އައިސް (ކްރިސްޓަލް މެތު) އާއި 176 ކިލޯގެ ހެރޮއިނެވެ. މި ތަކެތި ފެނިފައިވަނީ ބޯޓު ފާސްކުރިއިރު ފެނުނު 48 ޕެކޭޖެއްގެ ތެރެއިންނެވެ.

މަސްތުވާތަކެތީގެ އިތުރުން، މި ބޯޓުން ގިނަ އަދަދެއްގެ ހަތިޔާރު ވެސް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އަށް ފިސްތޯލައާއި، ދެ ޓީ-56 މަރުކާގެ ރައިފަލް އަދި އެމް-16 މަރުކާގެ ބަޑިއެއް ހިމެނެއެވެ.

މިއީ ސްރީލަންކާގެ ކަނޑުގެ ސިފައިންނަށް ކަނޑުމަތިން މިހާތަނަށް އަތުލައިގަނެވުނު އެންމެ ގިނަ ހަތިޔާރު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މި ހަފުތާގެ ކުރީކޮޅު އަތުލައިގަތް މި ބޯޓު، ބުރާސްފަތި ދުވަހު ވަނީ ޑިކޯވިޓާ މަސް ބަނދަރަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ސްރީލަންކާއިން އަތުލައިގަތް އެންމެ ބޮޑު އެއް ޑްރަގް އަދި ހަތިޔާރުގެ ނެޓްވޯކެވެ.

comment ކޮމެންޓް