މޮޓޮރޯލާ ކުންފުނިން އެ މީހުންގެ އެޖް 70 ސީރީޒްގެ އެންމެ އާ މޮޑެލް، "މޮޓޮރޯލާ އެޖް 70 ފިއުޝަން+" ތިން ކެމެރާއާއި 5200 މިލީއެމްޕަޔާގެ ބެޓެރީއާއެކު ތަޢާރަފުކޮށްފިއެވެ.
މިއީ އާދައިގެ އެޖް 70 ފިއުޝަން ފޯނާ ގާތްގަނޑަކަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ފޯނެއް ނަމަވެސް، މި ފޯނުގެ ކެމެރާ ސިސްޓަމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ.
ފޯނުގެ ފަހަތުގައި ތިން ކެމެރާ ހިމެނޭއިރު، މެއިން ކެމެރާއަކީ އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން (އޯއައިއެސް) އަދި އަލްޓްރާ ޕިކްސެލް ޓެކްނޮލޮޖީ އެކުލެވޭ 50 މެގަޕިކްސެލްގެ ސޮނީ ލައިޓިއާ 710 ސެންސަރެކެވެ.
މީގެ އިތުރުން 122 ޑިގްރީގެ އެންގަލްއެއް ކަވަރުކުރާ 50 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއަކާއި، 3އެކްސް އޮޕްޓިކަލް ޒޫމް އަދި 10އެކްސް ޑިޖިޓަލް ޒޫމް ކުރެވޭ 10 މެގަޕިކްސެލްގެ ޓެލެފޯޓޯ ލެންސެއް ވަނީ ހިމަނާފައެވެ.

މި ފޯނު ބާޒާރުން ލިބެން ހުންނާނީ ޕެންޓޯން އޮރިއެންޓް ބްލޫ އަދި ޕެންޓޯން ބްލޫ ސާފް ކުލައިން ---
ސެލްފީއާއި ވީޑިއޯ ކޯލްތަކަށް ފޯނުގެ ކުރިމަތީގައި ވަނީ 4ކޭ ވީޑިއޯ ރެކޯޑު ކުރެވޭ 50 މެގަޕިކްސެލްގެ ކެމެރާއެއް ލައިފައެވެ.
ފޯނުގެ ޑިސްޕްލޭއަށް ބަލާއިރު، މިފޯނުގައި ހިމެނެނީ 6.8 އިންޗީގެ 1.5ކޭ ސުޕަ އެޗްޑީ އެމޯލެޑް ސްކްރީނެކެވެ. މިއީ 144ހާޓްޒް ގެ ރިފްރެޝް ރޭޓެއް ލިބިފައިވާ އަދި އެޗްޑީއާރު10+ ސަޕޯޓުކުރާ ސްކްރީނެކެވެ.
މި ފޯނަށް ބާރުދެނީ ކުއަލްކޮމްގެ ސްނެޕްޑްރެގަން 7އެސް ޖެން 4 ޗިޕްސެޓަކުންނެވެ. އަދި 12 ޖީބީ ރޭމް އާއި 256 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހިމެނޭ މި ފޯނު މަސައްކަތްކުރާނީ އެންޑްރޮއިޑް 16 ގެ މައްޗަށް ބިނާކޮށްފައިވާ މޮޓޮރޯލާގެ "ހެލޯ ޔޫއައި" ގައެވެ.
މޮޓޮރޯލާ އެޖް 70 ފިއުޝަން+ ގައި 5,200 މިލީއެމްޕަޔާގެ ބޮޑު ބެޓެރީއެއް ހިމަނާފައިވާއިރު، 68 ވޮޓް ގެ ޓަރބޯޕަވާ ފާސްޓް ޗާޖިން ގެ އެހީގައި އަވަހަށް ފޯނު ޗާޖުކޮށްލެވޭނެއެވެ.
މީގެ އިތުރުން 5ޖީ، ވައިފައި 6އީ، ބްލޫޓޫތު 6.0 އަދި ޑުއަލް ސިމް (ނެނޯ އަދި އީ-ސިމް) ގެ ޚިދުމަތް ލިބޭނެއެވެ.
ފެނާއި ހިރަފުހުން ރައްކާތެރިކުރުމަށް މި ފޯނަށް އައިޕީ68 އަދި އައިޕީ69 ރޭޓިންގ ދީފައިވާއިރު، އިން-ޑިސްޕްލޭ ފިންގަޕްރިންޓް ސެންސަރަކާއި މޫނު ދެނެގަންނަ ނިޒާމުވެސް ހިމެނެއެވެ.
މިވަގުތު ބްރެޒިލްގައި ވިއްކަން ފަށާފައިވާ މި ފޯނުގެ އަގަކީ 2,969 ބްރެޒިލިއަން ރިއާލް (ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 8,877 ރުފިޔާ) އެވެ.
މި ފޯނު ބާޒާރުން ލިބެން ހުންނާނީ ޕެންޓޯން އޮރިއެންޓް ބްލޫ އަދި ޕެންޓޯން ބްލޫ ސާފް ކުލައިންނެވެ.