އެއްތަނަކުން ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެހެން، ދިރާގުގެ ޕާޓްނާ ފިހާރައާއެއް ވިލިމާލޭގައި ހުޅުވައިފި

ދިރާގުގެ ޕާޓްނާ ފިހާރައާއެއް ވިލިމާލޭގައި ހުޅުވައިފި: ދިރާގުގެ ޚިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު މިހާރު ވިލިމާލެއިން ލިބޭނެ -- ފޮޓޯ/ ދިރާގު

ދިރާގުން ވަނީ ވިލިމާލޭގައި އަލަށް ޕާޓްނާ ފިހާރައެއް ހުޅުވައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިރާގުގެ ޚިދުމަތްތައް ހޯދުމުގެ ފުރުސަތު އިތުރަށް ފަސޭހަކޮށްދީފައެވެ. މުޙްޔިދީން ސްކޫލް ކުރިމަތީގައި ހުންނަ ނެކްސް ޕްރައިވެޓް ލިމިޓެޑްގައި ހުޅުވުނު މި ފިހާރައިން ދިރާގުގެ މުހިންމު ޚިދުމަތްތައް އެއްތަނަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ފައިބާ އިންޓަނެޓްގެ ޚިދުމަތްތަކަށް ޚާއްސަ ލުއިތަކެއް ހިމެނޭ ޕްރޮމޯޝަނެއް ވެސް ތައާރަފުކޮށްފައެވެ.

  • ވިލިމާލޭގައި ދިރާގުގެ އާ ޕާޓްނާ ފިހާރައެއް ހުޅުވުން
  • މުޙްޔިދީން ސްކޫލް ކުރިމަތީގައި ޚިދުމަތްތައް ލިބެން ހުރުން
  • ޕޯސްޓްޕެއިޑް، ފައިބާ ބްރޯޑްބޭންޑް، އަދި ސިމް ކާޑުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބުން
  • ފައިބާ 20އެމް އިން މަތީގެ ޕެކޭޖްތަކަށް ހިލޭ ރައުޓާ އަދި ސެޓަޕް ލިބޭ ޕްރޮމޯޝަނެއް ފެށުން

ދިރާގުގެ ޕާޓްނާ ފިހާރައެއް ވިލިމާލޭގައި ހުޅުވައިފިއެވެ.

ދިރާގުން ބުނީ މި ފިހާރައިގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ޚިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން، ވިލިމާލޭގެ މުޙްޔިދީން ސްކޫލް ކުރިމަތީގައި ހުންނަ "ނެކްސް ޕްރައިވެޓް ލިމިޓެޑް" ފިހާރައިން މިހާރު ދިރާގުގެ ޚިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއާއެކު މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މާލެ ދަތުރުކުރަން ނުޖެހި، ބޭނުންވާ ދިރާގުގެ ޚިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕާޓްނާ ފިހާރަ މެދުވެރިކޮށް ލިބޭ ޚިދުމަތްތަކަކީ:

  • ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޚިދުމަތްތަކަށް ފައިސާ ދެއްކުން
  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ޚިދުމަތް ނެގުން
  • ޕްރީޕެއިޑް ރީޗާޖުކުރުން
  • ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން

މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން، މި ފިހާރަ މެދުވެރިކޮށް ދިރާގުގެ "ލިމިޓެއްނެތް ފައިބާ 20އެމް" އަދި މަތީގެ ޕެކޭޖްތައް ޚިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓާ އަދި ޚިދުމަތުގެ ސެޓަޕް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ޚާއްސަކޮށްގެން އަވަހަށް އަދި ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް