ގަމު ލިންކްރޯޑުގައި ދެ ސައިކަލު އެކްސިޑެންޓުވެ، އަންހެނަކާއި ފިރިހެނަކަށް އަނިޔާތަކެއް

ލާމު ލިންކް ރޯޑުގެ ސަރަހައްދެއް: އެ ލިންކްރޯޑުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ ތޮއްޓޭ ފޮޓޯގްރަފީ

ލ. ގަމު ލިންކުރޯޑުގައި އެކްސިޑެންޓެއް ހިނގައި، އަންހެނަކާއި ފިރިހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގަމު ތުނޑި، ލިންކުރޯޑުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިރޭ 21:36 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ، އަންހެނަކާއި ފިރިހެނަކަށް ކަމަށްވާއިރު، މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ދެ މީހުންނާއި އެ މީހުންނަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ގަމު ލިންކު ރޯޑުގައި ދޭތެރެއަކުން އެކްސިޑެންޓެއް ހިނގައެވެ. އެ ތަނުގައި ހިނގި، ބައެއް އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

comment ކޮމެންޓް