ހާމަނާއީ އަވަރާކޮށްލާފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އިރާގުގެ އަންހެނަކު އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ ފޮޓޯއެއް ހިފައިގެން. ފޮޓޯ/އޭޕީ

އިސްރާއީލާއި އީރާނާއި ދެމެދު ކުރަމުންދާ ހަނގުރާމައިގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިކަން ތަސްނީމް އަދި ފާސްގެ ނޫސް އޭޖެންސީން ކަށަވަރުކޮށްދީފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

އެގޮތުން ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ އޮފީހުގައި "ހަވާލުކޮށްފައިވާ ވާޖިބުތައް އަދާކުރައްވަމުން" ދަނިކޮށް ކަމަށް އީރާނުގެ ފާސް ނޫހުން ބުނެފައިވެއެވެ.

ހާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ނަމަވެސް އީރާނުން މީގެކުރިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

https://www.sun.mv/218523

ފާސް ނޫސް އެޖެންސީން ބުނެފައިވަނީ ޚާމަނާއީ އަވާހާރަވުމާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ހިތާމައިގެ 40 ދުވަހުގެ މުއްދަތެއް އިއުލާންކޮށްފައެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

އެ ނޫހުން ކުރިން ބުނި ގޮތުގައި ޚާމަނާއީގެ ދަރިކަނބަލުންނާއި އެ ދަރިކަނބަލުންގެ ފިރިކަލުން އަދި ކާފަ ދަރިކަލެއް ހަމަލާތަކުގައި ވަނީ އަވަހާރަވެފައެވެ.

ޚާމަނާއީ އީރާނުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ މީގެ 37 އަހަރު ކުރިން އިސްލާމީ އިންގިލާބުގައި އިސްކޮށް އުޅުއްވި ކަރިޒަމާޓިކް ލީޑަރު އާޔަތުالله ރުހުالله ޚުމޭނީ އަވަހާރަވުމާ ގުޅިގެން 1989 ވަނަ އަހަރުއެވެ.

https://www.sun.mv/218525

ޕަހުލާވީ ރަސްކަމުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ އިންގިލާބުގެ ފަހަތުގައި އޮތް ފިކުރީ ބާރަކީ ޚުމޭނީ ކަމުގައި ވިޔަސް، އީރާނުގެ ދުޝްމަނުންނާ ދެކޮޅަށް ދިފާއުގައި ވެސް އުފައްދާ އަސްކަރީ އަދި ޕެރަމިލިޓަރީ ވަސީލަތްތައް ބައްޓަން ކުރެއްވީ ޚާމަނާއީއެވެ.

ސުޕްރީމް ލީޑަރަކަށް ވުމުގެ ކުރިން އޭނާ ވަނީ 1980 ގެ އަހަރުތަކުގައި އިރާގާއެކު ހިނގި ލޭއޮހޮރުވުންތަކުގެ ތެރެއިން އީރާނުގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ.

comment ކޮމެންޓް