ފާއިތުވި 24 ގަޑިއިރު ހަނގުރާމަ: އިންޒާރަކަށް ފަހު، އިންޒާރެއް!

  • އީރާނުން މަޝްވަރާތަކަށް ދެކޮޅުހަދައި، ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނަމުންދަނިކޮށް، ބަލި ގަބޫލުކުރުމަށާއި، ނޫންނަމަ ކުރިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން އީރާނަށް ދީފި.
  • އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ކުރިއަށްދާއިރު، އީރާނުގެ މިސައިލްތައް އިސްރާއީލުގެ މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށްފި.
  • އިސްރާއީލުގެ ސިފައިން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ލުބުނާނުގެ ދެކުނުގެ "ބަފާ ޒޯން" ސަރަހައްދު އިސްރާއީލުން ފުޅާކުރަމުންދާ ކަމަށް.
  • ބަހްރޭން، ކުވެއިތު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ހުއްޓުވަމުންދާއިރު، ހުރްމޫޒް ކަނޑުއޮޅި ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި ބޭއްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކާ މެދު އދ. އިން އިންޒާރު ދީފި.
  • އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އުފުލިފައިވާތީ، އެކަމުގެ އަސަރު ކުޑަކުރުމަށްޓަކައި ޖަޕާނުގެ ސްޓްރެޓީޖިކް ތެލުގެ ރިޒާވުން އިތުރު ބައެއް ދޫކުރަން ފަށާފައިވާ ކަމަށް އެގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެ.
  • ޗައިނާއިން ބުނަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ މިޞްރާއި ތުރުކީގެ ޚާރިޖީ ވަޒީރުންނާ ވާހަކަ ދައްކަވާފައި ކަމަށް. އަދި ހަނގުރާމަ ކުރަމުންދާ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ޗައިނާއިން ވަނީ ގޮވާލައިފައި.
comment ކޮމެންޓް