ދުވުންތެރިންނަށް ހާއްސަ ގިނަ ފީޗާތަކާއެކު ވާވޭ 'ވޮޗް ޖީޓީ ރަނާ 2' ނެރެފި

މި ގަޑީގައި ހިމެނޭ އެންމެ ހާއްސަ އެއް ފީޗާއަކީ "އިންޓެލިޖެންޓް މެރެތަން މޯޑް" ----

ދުވުންތެރިންނަށް ހާއްސަ ގިނަ ފީޗާތަކާއެކު ވާވޭ އިން "ވޮޗް ޖީޓީ ރަނާ 2" ދުނިޔޭގެ ބާޒާރަށް ނެރެފިއެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރޮފެޝަނަލް ދުވުންތެރިންނަށް ހާއްސަކޮށްގެން ވާވޭ އިން ނެރުނު މި އަތުކުރި ގަޑި ތައާރަފްކުރީ ސްޕެއިންގެ މެޑްރިޑްގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މި ގަޑި ފަރުމާކޮށްފައިވަނީ ދުވުންތެރިންނަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ތަމްރީނުތަކަށް އެހީތެރިވެދޭނެ ގިނަ ވަސީލަތްތަކާ އެކުގައެވެ.

މި ގަޑީގައި ހިމެނޭ އެންމެ ހާއްސަ އެއް ފީޗާއަކީ "އިންޓެލިޖެންޓް މެރެތަން މޯޑް" އެވެ. މީގެ އެހީގައި ދުވުންތެރިންނަށް ބޭނުންވާ ތަމްރީނު ޕްލޭންތަކާއި، ރޭސްތަކަށް ތައްޔާރުވާނެ ގޮތުގެ އިރުޝާދު ވަގުތުން ލިބިގެންދާނެއެވެ. މީގެ އިތުރުން ދުވުމުގެ ބާރުމިނާއި، ރޭސް ނިންމާނެ ކަމަށް ލަފާކުރެވޭ ވަގުތު ފަދަ މުހިންމު ތަފްސީލުތައް މި ގަޑިން ވަގުތުން ބަލާލެވޭނެއެވެ.

މި ގަޑި ލިބެން ހުންނާނީ ކަޅު، ނޫ އަދި އޮރެންޖު ކުލައިން ----

ޓެކްނިކަލް ގޮތުން ބަލާއިރު، މި ގަޑީގައި ހިމެނޭ އާ "3ޑީ ފްލޯޓިން އެންޓެނާ" ސިސްޓަމްގެ ސަބަބުން ޖީޕީއެސްގެ ސައްހަކަން ކުރީގެ މޮޑެލްތަކަށްވުރެ 20 އިންސައްތަ އިތުރުވެގެންދެއެވެ. މީގެ ސަބަބުން އުސް އިމާރާތްތައް ގިނަ ސަރަހައްދުތަކުގައި ނުވަތަ ބޮޑެތި ހޮހަޅަތައް ފަދަ ތަންތަނުގައިވެސް ލޮކޭޝަން ސައްހަކޮށް ބަލާލެވޭނެއެވެ.

މި ގަޑީގެ ބޭރުގަނޑު ތައްޔާރުކޮށްފައިވަނީ ވަރުގަދަ ޓައިޓޭނިއަމް އެލޯއި އިންނެވެ. 1.32 އިންޗީގެ އެމޯލެޑް ޑިސްޕްލޭއެއް ހިމެނޭ މި ގަޑީގެ އަލިގަދަކަން 3000 ނިޓްސް އަށް އަރައެވެ. އަދި މިއީ 5އޭޓީއެމް އަދި އައިޕީ69 ރޭޓިން އާއެކު ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ ގަޑިއެކެވެ.

ސިއްހީ މައުލޫމާތުތައް ބެލުމަށް އީސީޖީ (Eއީސީޖީ)، ހިތުގެ ވިންދު، އަދި ލޭގައި އޮކްސިޖަން ހުރި މިންވަރު ބަލާ ސެންސަރުތައްވެސް މި ގަޑީގައި ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ބާޒާރުގައި 350 ޕައުންޑަށް (ގާތްގަނޑަކަށް 6,800 ރުފިޔާއަށް) ވިއްކަން ފަށާފައިވާ މި ގަޑީގެ ބެޓެރީ އާންމު ބޭނުންތަކުގައި 14 ދުވަހަށް ހިފަހައްޓާނެއެވެ. މި ގަޑި ލިބެން ހުންނާނީ ކަޅު، ނޫ އަދި އޮރެންޖު ކުލައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް