މި ރޯދަ މަހާއި އަދި ހަ ރޯދައިގައި ބީއެމްއެލް ހުޅުވާފައި ހުންނާނެ ގަޑިތައް އެ ބޭންކުން އިއުލާން ކޮށްފިއެވެ.
ބީއެމްއެލުން ބުނީ މާދަން އެ ބޭންކު ބަންދު ވާނެ ކަމަށެވެ. އެހެން ނަމަވެސް އޮންލައިންކޮށް ބޭންކުގެ ހުރިހާ ޚިދުމަތެއް ވެސް 24 ގަޑިއިރު ލިބޭނެކަމަށެވެ.
ބީއެމްއެލުން ރަމަޟާން މަހުގައި ހިދުމަތް ދޭނީ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 12:30އާ ހަމައަށެވެ.
އެ ބޭންކުން ރަމަޟާން މަހު ހިދުމަތް ދޭނެ ގަޑިތައް އިއުލާން ކުރި ނަމަވެސް، މި ގަޑިތަކުގައި ހިދުމަތް ދޭނީ 20 ވަނަ ދުވަހާއި ހަމައަށެވެ. އަދި ފަހު 10 ގައި ހިދުމަތް ފޯރުކޮށްދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބީއެމްއެލުން ވަނީ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް ގާއިމް ކޮށްފައެވެ. އެހެން ކަމުން އެ ސެންޓަރު ތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެކަން ބީއެމްއެލުން ފާހަގަ ކުރެއެވެ.
އެހެން އަހަރުތަކާ އެއްގޮތަށް، މި ރަމަޟާން މަހުގައި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތުގެ ވަގުތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.