ގަވާއިދާ ޚިލާފަށް ވިއްކަމުން ދަނިކޮށް އަތުލި 900އަށް ވުރެ ގިނަ ވޭޕް ނައްތާލައިފި

ގަވާއިދާ ޚިލާފަށް ވިއްކަމުން ދަނިކޮށް ފުލުހުން އަތުލައިގަތް ވޭޕްތައް ނައްތައިލައިފި -- ފޮޓޯ: ފުލުހުން

ގަވާއިދާ ޚިލާފަށް ވިއްކަމުން ދަނިކޮށް ފުލުހުން އަތުލައިގަތް 900އަށް ވުރެ ގިނަ ވޭޕް މިއަދު ނައްތާލައިފިއެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް މިއަދު ނައްތާލާފައި ވާކަމަށެވެ.

މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ، ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޗައިއޮން އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ، ޗައިއޮން ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވާއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައި ވާކަމަށެވެ.

https://sun.mv/217999

ފުލުހުން ބުނީ ވޭޕް ނައްތާލުމުގައި އަމަލުކޮށްފައި ވާނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އެފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދަށް ކަމަށެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން، އޭގެ އެއް މަސް ދުވަސް ފަހުން ވަނީ މަނާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް