ބަންގްލަދޭޝް އިންތިޚާބު: ވޯޓު ގުނި ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށް ޖަމާއަތު އިސްލާމުން ބުނެފި

އާންމު އިންތިކާބާ ގުޅިގެން ބަންގްލަދޭޝްގެ ޖަމާއަތް އިސްލާމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ/ރޮއިޓާސް

ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބުގެ ވޯޓު ގުނި ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށް އިންތިޚާބުގައި ވާދަކޮށް ބަލިވި ޖަމާއަތު އިސްލާމު ޕާޓީން ބުނެފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ބޮޑު އަޣްލިބިއްޔަތަކުން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ, ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ) އިންނެވެ. ބީއެންޕީ އިއްތިހާދުން 211 ގޮނޑި ހޯދާފައިވާއިރު، ޖަމާއަތު އިސްލާމަށް ލިބިފައި ވަނީ 70 ގޮނޑިއެވެ.

"އެގާރަ ޕާޓީ ހިމެނޭ އިއްތިހާދުގެ ކެންޑިޑޭޓުން އެކި ދާއިރާތަކުން ހަނިކޮށް ޝައްކު ކުރެވޭ ގޮތަށް ބަލިވުމުން ފެށިގެން، ނުރަސްމީ ނަތީޖާ އިއުލާންތަކުގައި ތަކުރާރުކޮށް އެއްގޮތް ނުވާ ކަންކަމާއި ފޭބްރިކޭޝަންތަކާއި، ވޯޓުލާ މީހުންގެ ނިސްބަތް އާންމު ކުރަން އިލެކްޝަންސް ކޮމިޝަނުން ފަސްޖެހުން ފަދަ ކަން ކަމުން ޝައްކެއްވެސްނެތްގޮތުގައި ސީރިއަސް ސުވާލުތަކެއް އުފެދޭ." އެ ޕާޓީން ބުނެފައިވެއެވެ.

މިނިވަން ކެންޑިޑޭޓުން ހިމެނޭހެން ދެ ހާހަށްވުރެ ގިނަ ކެންޑިޑޭޓުން އިންތިޚާބށް ކުރިމަތިލާފައިވާއިރު، ގާތްގަޑަކަށް 50 ޕާޓީން ވާދަކޮށްފައިވެއެވެ. މިއީ ގައުމީ ރެކޯޑެކެވެ. ކެންޑިޑޭޓަކު ނިޔާވުމާ ގުޅިގެން އެއް ދާއިރާގެ ވޯޓުލުން ވަނީ ފަސްކޮށްފައެވެ.

އިންތިޚާބާ އެކު އިންތިހާބުގެ މުއްދަތުތަކަށް ނިއުޓްރަލް ވަގުތީ ސަރުކާރެއް ގާއިމްކުރުމާއި، މަޖިލިސް އަލުން އެކުލަވާލުމާއި، ދެ ގޮފި ހިމެނޭ މެންބަރުންގެ ގާނޫނު ހަދާ މަޖިލީހަކަށް ބަދަލުކުރުމާއި، އަންހެނުންގެ ތަމްސީލުކުރާ މިންވަރު އިތުރުކުރުމާއި، ޝަރުއީ މިނިވަންކަން ހަރުދަނާކުރުމާއި، ބޮޑުވަޒީރުކަމުގައި ދެމި ހުރެވޭނީ ދެ ދައުރު ކަމަށް ކަނޑައެޅުން ފަދަ ދުސްތޫރީ އިސްލާހުތަކެއް ފާސްކުރަންވެސް ވޯޓުނެގިއެވެ.

comment ކޮމެންޓް