އިނގިރޭސިވިލާތުގެ ހިމާޔަތް އެދުނު އަފްޣާން މީހަކު 12 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމުގެ ކުށް ސާބިތުވެއްޖެ

އިނގިރޭސިވިލާތުގެ 12 އަހަރުގެ ކުއްޖަކު ރޭޕްކުރިކަން ސާބިތުވި އަގްޣާނިސްތާނުގެ މުލާހިލް -- ފޮޓޯ/ބީބީސީ

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދަން މަސައްކަތްކުރަމުން އަންނަ އަފްޣާނިސްތާނުގެ މީހަކު އިނގިރޭސިވިލާތުގެ ނުނީޓަންގައި 12 އަހަރުގެ އަންހެން ކުއްޖަކު ރަހީނުކޮށް، ރޭޕްކުރި ކަމުގެ ކުށް ސާބިތުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ އަހުމަދު މުލާހިލް، 12 އަހަރުގެ އެ އަންހެން ކުއްޖާ، މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް ރޭޕްކޮށްފައި ވަނީ މިދިޔަ ޖުލައި 22 ވަނަ ދުވަހެވެ.

ވާވިކް ކްރައުން ކޯޓުގައި އޭނާގެ މައްޗަށް ވަނީ، ރޭޕް ކުރުމާއި ރަހީނުކުރުމާއި ޖިންސީ ގޯނާ ކުރުމާއި އެކަމުގެ ވީޑިއޯ ނެގުމުގެ ކުށް ސާބިތުވެފައެވެ.

ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޝަރީއަތުގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ވަނީ މުލާހިލްއާ ދެކޮޅަށް ހެކިބަސް ދީފައެވެ. އޭނާ ބުނި ގޮތުގައި މުލާހިލް އޭނާ ރޭޕްކުރީ 'ހެމުންނެވެ'.

އިނގިރޭސިވިލާތުގައި، ގައުމުން ބޭރު މީހުން މައްސަލަތަކުގައި ހައްޔަރުކުރާއިރު އެ މީހުން ނިސްބަތްވާ ގައުމާއި އިމިގްރޭޝަން ސްޓޭޓަސް އާންމު ނުކުރާތީ އެ ގައުމުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

ކުޑަ ބޯޓެއްގައި މުލާހިލް ފްރާންސްއިން ނުނީޓަންއަށް ދިޔައީ އެ އަންހެން ކުއްޖާ ރޭޕް ކުރުމުގެ ހަތަރު މަސް ކުރިން މިދިޔަ އަހަރުގެ މާޗް މަހެވެ.

comment ކޮމެންޓް